ޔުކްރެއިނުގެ ދެޒުވާނުން ކައިވެނި ކުރުމަށްފަހު ފުރަތަމަވެސް ގައުމު ދިފާއުކުރުމަށް ނުކުތުމުން މުޅި ދުނިޔޭގެ ސަމާލުކަން އެ ދެމަފިރިންނަށް ލިބެންފަށައިފިއެވެ.
އުމުރުން 21 އަހަރުގެ ޔަރީނާ އަދި 24 އަހަރުގެ ފުރްސިން ކައިވެނިކޮށްފައިވަނީ ރަޝިޔާއިން ޔުކްރެއިނަށް ހަމަލާތައް ދޭން ފެށުމާއިއެކުއެވެ. އަދި ކައިވެނި ކުރުމަށްފަހު މިދެޒުވާނުންވެސް އަވަސްވެގަތީ ގައުމު ދިފާއުކުރުމަށް ޔުކްރެއިނުގެ ސިފައިންނާ ގުޅުމަށެވެ.
"އެންމެ ފަހު ނޭވާއާއި ޖެހެންދެންވެސް ގައުމު ދިފާއުކުރުމުގައި ތިބޭނަން،" ޔަރީނާ ބުންޏެވެ.
ރަޝިޔާގެ ހަމަލާތަކުގެ ފުރަތަމަ ފޭސް ނިންމާލައިފައިވާއިރު، މިހާރު ވަގުތީގޮތުން ރަޝިޔާގެ ހަމަލާތައްވެސް ވަނީ މަދުކޮށްފައެވެ. މިއާއެކު މިދެމަފިރިންދަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވަމުންނެވެ.
ޔަރީނާ އަދި ފުރްސިން ބުނީ ރަޝިޔާގެ ހަމަލާތައް އަލުން ވަރުގަދަކޮށްފިނަމަ އިސްސަފަށް ނުކުންނަންވެސް ތައްޔާރަށް ތިބިކަމަށެވެ.
ޒުވާން އުމުރުގައި ކުރި ފުރަތަމަ އަލަތު ކައިވެންޏަށް ފަހު ފުރަތަމަ ވެސް އަމިއްލަ ގަައުމު ދިފާއުކުރަން ނުކުތުމުން ގިނަބަޔަކު ދަނީ މިދެމަފިރިންނަށް ތައުރީފުކޮށް މިސާލު ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު