ހުޅުމާލޭ ހިޔާ ފްލެޓެއްގައި މިރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހިޔާ އެޗް2ގެ 15 ވަނަ ފަންގިފިލާގެ ފްލެޓެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވީ އެ ފްލެޓްގެ ބެލްކަނީގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެޙާދިސާގެ މަޢުލޫމާތު މިރޭ 8:00 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެތަނަށް ދިޔައިރު ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު