ތަޖުރިބާ ހުރިކަމަށް ބުނެ ދޮގުހަދައިގެން ޕައިލެޓެއްގެ ވަޒީފާ ހޯދި ބްރިޓިޝް އެއަރވޭސްގެ ޕައިލެޓަކު ޖަލަށް ލައިފިއެވެ.

ކްރެއިގް ބަޓްފޯއީ ނަމަކަށްކިޔާ މިޕައިލެޓު ބްރިޓިޝް އެއަރވޭސްއިން ވަޒީފާ ހޯދާފައިވަނީ ކުރިން އެހެން ދެއެއަރލައިނެއްގައި ޕައިލެޓެއްގެ ވަޒީފާ އަދާ ކުރިކަމަށް ބުނެއެވެ. ތަޖުރިބާ ހުރިކަމަށް ބުނެ ދޮގުހަދައިގެން ހޯދި ވަޒީފާގައި ކްރެއިގް ބަޓްފޯއީ ވަނީ ދެއަހަރުގެ މުއްދަތަކަށް މަސައްކަތްކޮށްފައެވެ.

މިމައްސަލައިގެ ކޯޓު އަޑު އެހުމުގައި ކްރެއިގް ވަނީ ފްލައިޓު ލޮގްބުކް ތަކުގައި އޭނާގެ ތަޖުރިބާ ހުރިކަން ދަަައްކުވައިދޭން ދޮގުމައުލޫމާލު ހިމެނިކަމަށްވެސް އިއުތިރާފްވެފައެވެ. އެގޮތުން އޭނާގެ މައްޗަށް ވަނީ މަކަރާތް ހީލަތްހެދުމުގެ ތުހުމަތުކޮށް 12 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިހާދިސާއާއި ގުޅިގެން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނީ ޕައިލެޓުންގެ ނަޒާހަތްތެރިކަމަކީ އޭވިއޭޝަނުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މައި ތަނބުކަމަށާއި، އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދެވޭނެކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން