88 އަހަރަށްފަހު ތުރުކީގެ އާޔާ ސޮފީއާ މިސްކިތުގައި މިއަހަރުގެ ރޯދަމަހުގެ ތަރާވީޙް ނަމާދު ކުރަން ހުއްދަދީފިއެވެެ.

މިމިސްކިތަކީ 1934 ވަނަ އަހަރުން ފެށިގެން މިއުޒިއެމެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. ނަމަވެސް 2020 ވަނަ އަހަރުން ފެށިގެން އާންމުންނަށް ނަމާދު ކުރެވޭނެ ފަދައިން ހުޅުވި މިމިސްކިތުގައި ނަމާދުކުުރުން ހުއްޓާލީ ކޮވިޑް ބަލިމަޑުކަމާއެކު ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމުންނެވެ.

ރަމަޟާން މަަަހަށް ޚާއްސަކޮށް އާންމުންނަށް އަނެއްކާވެސް ހުޅުވާލި މިމިސްކިތުގައި ތަރާވީޙް ނަމާދުގެ އިތުރުން ހުރިހާ ނަމާދު ވަގުތުގައި މިމިސްކިތަށް ނަމާދަށް އެރޭނެކަމަށްވެއެވެ.

ތުރުކީގެ އާޔާ ސޮފީއާ މިސްކިތަކީ ދުވަސްވީ ތާރީޙީ މިސްކިތެކެވެ. 1453 ވަނަ އަހަރު މިއިމާރާތް މިސްކިތެއް ގޮތުގައި ކަނޑައެޅުމުގެ ކުރިން މިތަން ބޭނުން ކުރަމުން ދިޔައީ ކްރިސްޓިއަން ދީނުގެ ފައްޅިއެއްގެ ގޮތުގައެވެ. އެގޮތުން 916 އަހަރު ވަންދެން ކްރިސްޓިއަން ދީނުގެ ފައްޅިއެއްގެ ގޮތުގައި މިއިމާރާތް ބޭނުންކުރިކަމަށްވެއެވެ.

އަދި މިއިމާރާތް މިއުޒިއެމެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ކުރިން، 1453 ވަނަ އަހަރު މިއިމާރާތަކީ މިސްކިތެއް ގޮތުގައި ކަނޑައެޅުމަށްފަހު 500 އަހަރު ދުވަހު މިއިމާރާތް މިސްކިތެއްގެގޮތުގައި ބޭނުން ކުރިއެވެ.

މީގެއިތުރުން 1985 ވަނަ އަހަރު ޔުނެސްކޯއިން، ތުރުކީގެ އާޔާ ސޮފީއާ ވަނީ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން