ސްރީލަންކާގައި ކުރަމުންދިޔަ މުޒާހަރާތައް ހޫނުވުމާއިއެކު ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރަން ޖެހުނީ އާންމުންގެ ރައްކާތެރިކަމަށެވެ. އާންމު ޚިދުމަތްތަކަށް ހުރަސް ނޭޅުމަށެވެ.

ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާތައް ހޫނުވެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ އިސްތިއުފާއަށް ގޮވައި، ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ކައިރަށް މިސްރާބު ޖަހާފައިވެއެވެ. މިއާއިއެކު ލަންކާގެ ފުލުހުން ވަނީ ކޮލޮމްބޯގެ ބޮޑު ސަރަހައްދަކަށް ވަކިމުއްދަތެެއް ނެތްގޮތަށް ކާފިއު އިއުލާންކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 53 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ކުރަމުންދިޔަ މުޒާހަރާތަކުގައި ހާލަތު ގޯސްވެގެންދިޔައީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ އިހުމާލުންކަމަށްބުނެ އެތައް ތުހުމަތެއްކޮށް ފާޑު ކިޔާފައިވެއެވެ. އަދި ތެލުގެ ސްޓޮކް މަދުވެ ލަންކާގައި ގިނަވަގުތުތަކަށް ކަރަންޓު ކަނޑަމުން ދާއިރު 13 ގަޑިއިރުވަންދެން ކަރަންޓު ނުލިބި ތިބެން މަޖުބޫރުވާކަމަށް ބުނެ އާންމުންގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.

މިއީ ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އިގްތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ދަށްވެ ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން