ސްރީލަންކާގައި ކުރަމުންދިޔަ މުޒާހަރާތައް ހޫނުވުމާއިއެކު ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް އެންމެފަހުން ސޯޝަލް މީޑިއާ ބޭނުން ކުރުންވެސް މަނާކޮށްފިއެވެ.

ސްރީލަންކާގައި އިއްޔެ އިރުއޮއްސި 6:00 އިން، ހޯމަ ދުވަހުގެ ހެނދުނު 6:00 ޖަހަންދެން ކާފިއު އިއުލާންކޮށްފައިވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރިއަނުދިނުމަށެވެ. އަދި ޑިފެންސް މިނިސްޓްރީގެ އެދުމަށް މީސްމީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދާފައިވަނީ ވަގުތީގޮތުންކަމަށް ސްރީލަންކާގެ ޓެލެކޮމް ރެގުލޭޓަރީ ކޮމިޝަންގެ ޗެއަރމަން ޖަޔަންތަ ޑި ސިލްވަރ ވިދާޅުވެފައިވެއެވެ.

"ޑިފެންސް މިނިސްޓްރީގެ އެދުމަށް ވަގުތީގޮތުން ސޯޝަލް މީޑިއާ ބްލޮކް ކުރީ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް." ޖަޔަންތަ ޑި ސިލްވަރ ވިދާޅުވިއެވެ.

ނަމަވެސް ސްރީލަންކާގެ ރައީސްގެ ކޮށްކޯފުޅު އަދި ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަ ވިދާޅުވީ ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަލައި ނުގަނެވޭނެކަމަށެވެ. އަދި މިޒަމާނަކީ ވީޕީއެން ބޭނުންކޮށްގެންވެސް ސޯޝަލް މީޑިއާ ބޭނުން ކުރެވޭނެ ޒަމާނެއްކަމަށްވުމުން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރުމަކީ ކަމުގެ ހައްލެއް ނޫން ކަމަށެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާތައް ހޫނުވެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ އިސްތިއުފާއަށް ގޮވައި، ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ކައިރަށް މުޒާހަރާ މިސްރާބު ޖެހުމުން ކާފިއު އިއުލާންކޮށް ކުއްލި ހާލަތު ވެސް ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން