ތެލުގެ އަގު ބޮޑޫވެ ތައިލެންޑުގެ ގިނަބަޔަކު އިލެކްޓްރިކް ކާރު ގަންނަން ފަށައިފިއެވެ.
ތައިލެންޑުގައި ކުރިއަށްދިޔަ މޮޓޯ ޝޯވްއެއް ނިންމާލުމަށްފަހު އެޝޯވް ހިންގި ފަރާތުން ހާމަކޮށްފައިވާގޮތުގައި ކުރިއާ އަޅާބަލާއިރު އިލެކްޓްރިކް ކާރު ގަންނަން އެދިފައިވާ މީހުންގެ އަދަދު ވަނީ 20 އިންސައްތައަށްވުރެެ މައްޗަށް އަރާފައެވެ. އަދި ބެންގްކޮކް ގައި އިލެކްޓްރިކް ވެހިކަލް ވިޔަފާރި އިތުރު ކުރުމަށް ސަރުކާރުން ވަނީ އެކަމަށް ހާއްސަ ސަބްސިޑީއެއްވެސް ތައާރަފްކޮށްފައެވެ.
ތައިލެންޑަށް ތެޔޮ ލިބުން ދަތިވެފައިވާއިރު ތެލުގެ ވިޔަފާރި ކުރުމަށްވެސް ސަރުކާރުން ދަނީ ބޮޑެތި ހުރަސްތަކެއް އަޅަމުންނެވެ. އެގޮތުން ރީޓެއިލްކޮށް ޑީސެލް ވިއްކުމުގެ އަގުތައް ވަނީ ހުސްވިހަފްތާއިން ފެށިގެން ފްރީޒްކޮށްފައެވެ. އަދި ގެސޮލީން ވިއްކާ އަގުތައް ވަނީ ލީޓަރެއް 1.2 ޑޮލަރަށް މަތިކޮށްފައެވެ. މިއީ ހުސްވި އަހަރާއި އަޅާބަލާއިރު 50 އިންސައްތަ މަތިވުމެވެ.
ތައިލެންޑުގެ ކަމާބެހޭ މާހިރުން ބުނާގޮތުން އެގައުމުގައި ތެލާއި ގޭހުގެ އަގު މަތިވަމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާންފެށުމާއިއެކުއެވެ.
އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް އުފުލުމުގެ އެންމެ ބޮޑު އެއްސަބަބަކީ ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކާއެކު ރަޝިޔާއިން ކުރަމުންދިޔަ ބައިނަލް އަގުވާމީ ވިޔަފާރި ތަކަށް ހުޅަނގުގެ ގައުމުތަކުން ހުރަސްއަޅަމުންދިއުމުންކަމަށް ތައިލެންޑުގެ ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު