ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފިއެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި ހުރިހާ ޕާޓީތައް ހިމެނޭ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށްޓަކައި ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސާއާ އެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި އާ ބޮޑުވަޒީރަކާއިއެކު ވަގުތީ ސަރުކާރެއް ގާއިމުކޮށް ލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމަށް ޕާޓީތަކުން ހުށަހެޅުމުން އެ ހުށަހެޅުމަށް ރައީސް ގޮޓަބަޔަ އާއި ބޮޑުވަޒީރު މަހިންދާ ފެހި ސިގްނަލް ދެއްވާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ނަމަވެސް މަހިންދަ އިސްތިއުފާ ދެއްވާނެ ކަމަށް ބުނާ ހަބަރުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ބޮޑުވަޒީރުގެ މީޑިއާ ސެކްރެޓަރީ ވަނީ ލަންކާގެ ނިއުސް ފަސްޓް ނޫހާ ހިއްސާކުރައްވާފައެވެ.
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމުގެ ވާހަކަ ފެތުރެމުންދަނީ ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަަގެ ސަރުކާރު އިސްތިއުފާއަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ އިސްތިއުފާއަށް ގޮވައި، ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާތައް ހޫނުވެ ލަންކާގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލައި ކޮލޮމްބޯގެ ބޮޑު ސަރަހައްދަކަށް ކާފިއު އިއުލާންކޮށް ކުއްލި ހާލަތު ވެސް އިއުލާންކޮށްފައިވެއެވެ. މީގެއިތުރުން މިއަދު ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ކުރުމާއިއެކު އަނެއްކާވެސް ގިނަބަޔަކު ވަނީ މަގުމައްޗަށް ނިކުމެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތީގެ އަގުބޮޑުވުމާއި ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުގެ އިހުމާލުންކަމަށްބުނެ އެތައް ތުހުމަތެއްކޮށް ފާޑު ކިޔަމުންދެއެވެ. އަދި ތެލުގެ ސްޓޮކް މަދުވެ ލަންކާގައި ގިނަވަގުތުތަކަށް ކަރަންޓު ކަނޑަމުން ދާއިރު 13 ގަޑިއިރުވަންދެން ކަރަންޓު ނުލިބި ތިބެން މަޖުބޫރުވާކަމަށް ބުނެ އާންމުންގެ ޝަކުވާ ދަނީ އިތުރުވަމުންނެވެ.
މިއީ ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އިގްތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ދަށްވެ ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު