ނަމާލް ރާޖަޕަކްސަ
ނަމާލް ރާޖަޕަކްސަ
ގައުމަށް މަންފާއެއް ލިބޭކަމަށްވާނަމަ، ޖަލުގައި 50 ދުވަސް ހޭދަކުރުމުގެ ބަދަލުގައި 500 ދުވަސް ހޭދަކުރަންވެސް ތައްޔާރަށް ހުންނެވި ކަމަށް ޕާލަމެންޓް މެންބަރު އަދި ކުރީގެ މަޝްހޫރު ސިޔާސީ ބޭފުޅެއް ކަމަށްވާ ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

އޭނާ ބަންދުގައި ހުންނަވާތާ 50 ދުވަސް ފުރުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖަލުގައި ހޭދަވި މި ދުވަސްތަކަކީ އަމިއްލަ ދިރިއުޅުމާއި ސިޔާސީ ކަންކަމާމެދު ފުންކޮށް ވިސްނައި، ތަފާތު ގޮތަކަށް ވިސްނާލަން ލިބުނު ފުރުސަތެއް ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ގައުމުގެ މިހާރުގެ އިގުތިސާދީ ދަތިކަމާއި މައްސަލަތައް އެއް އާއިލާގެ ބޮލުގައި އެޅުވުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށެވެ.

އަދި ކަރަންޓު ބިލާއި ތެލުގެ އަގު ހެޔޮވުމާއި، ކޮންމެ ހަ މަހަކުން މުސާރަ ބޮޑުވުމާއި، އިންޓަރެސްޓް ނުނަގާ ލޯނު ލިބުންފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބޭނަމަ އެއީ ބޮޑު ގުރުބާނީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ޝަރުއީ ނިޒާމުގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ކޯޓުތަކުން މައްސަލަ ބަލައި އޭނާ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދޫކޮށްލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ނަމާލް ވަނީ ވިދާޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު