ލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ކުރިޔަށްދާ މި ދަނޑިވަޅުގައި އެ ގައުމުގައި ދިރިއުޅެމުންދާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ.
ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ އިސްތިއުފާއަށް ގޮވައި، ލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި މުޒާހަރާތައް ހޫނުވެ ލަންކާގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލައި ކޮލޮމްބޯގެ ބޮޑު ސަރަހައްދަކަށް ކާފިއު އިއުލާންކޮށްފައެވެ. މީގެއިތުރުން މިއަދު ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ކުރުމާއިއެކު އަނެއްކާވެސް ގިނަބަޔަކު ވަނީ މަގުމައްޗަށް ނިކުމެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.
މިކަންކަމާއެކު ލަންކާގެ މަގުމަތީގައި ދަނީ ނުރައްކާތެރި އެކިކަހަލަ އަމަލުތައްވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި ބައެއް ތަންތަނުގައި އަލިފާން ރޯކުރުން ފަދަ ކަންކަންވެސް ދަނީ ހިންގަމުންނެވެ.
މިކަންކަމާއި ގުޅިގެން އާދަމް ޝަރީފް މިއަދު ވިދާޅުވީ، ލަންކާގެ ހާލަތު ގޯހުންގޯހަށް ގޮސް ހަމަނުޖެހުންތައް ބޮޑުވެފައިވާ މިދަނޑިވަޅުގައި، އެ ގައުމުގައި ތިބި ދިވެހިންނާއި މުސްލިމުންގެ ރައްކާތެރިކަމާއިމެދު ކަންބޮަޑުވެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން، އެ ގައުމުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
ސްރީލަންކާގައި އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވެ އެ ގައުމުގެ ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާދެއްވަން ނިންމެވިކަން މިއަދު އެ ގައުމުގެ ބައެއް ނޫސްތަކުންވަނީ ރިޕޯޓު ކޮށްފައެވެ. އަދި ދާދިފަހުން، ލަންކާގެ ކުޅިވަރާއިބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވިކަން ވެސް ވަނީ މީޑިއާތަކުން ރިޕޯޓު ކޮށްފައެވެ.

Deeply concerned about the welfare of #Maldivians & Muslims in Lanka as the country spirals into violence & chaos. I urge @MDVinSriLanka @MoFAmv to take decisive action to ensure the safety of the Maldivians in Sri Lanka. #lka #SriLanka #EconomicCrisisLK #SriLankaEconomicCrisis pic.twitter.com/KPqbjvo5W9
— Adam Shareef Umar (@Adamshareefz) April 3, 2022
އެހެންކަމުން، އެ ގައުމުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
ސްރީލަންކާގައި އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވެ އެ ގައުމުގެ ބޮޑުވަޒީރު ރާޖަޕަކްސާ އިސްތިއުފާދެއްވަން ނިންމެވިކަން މިއަދު އެ ގައުމުގެ ބައެއް ނޫސްތަކުންވަނީ ރިޕޯޓު ކޮށްފައެވެ. އަދި ދާދިފަހުން، ލަންކާގެ ކުޅިވަރާއިބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވިކަން ވެސް ވަނީ މީޑިއާތަކުން ރިޕޯޓު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު