އިގުތިސާދީ ހާލަތު ދަށްވެ ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ ސަރުކާރުގެ 26 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެގޮތުން ސްރީލަންކާ ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސަ ފިޔަވާ ހުރިހާ މިނިސްޓަރުން އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފައިވާކަމަށްވެއެވެ. ހުރިހާ މިނިސްޓަރުން އިސްތިއުފާ ދެއްވި ހަބަރު އާންމުވެގެން ދިޔައީ ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަ އިސްތިއުފާ ދެއްވި ހަބަރު އިވުނުތާ މާގިނައިރެއް ނުވަނީހެވެ.
މިއީ 1948 ވަނަ އަހަރު އިނގިރޭސީންގެ އަތުން ސްރީލަންކާ މިނިވަންވުމަށްފަހު، ސްރީލަންކާގެ ތާރީހުގައި ސަރުކާރުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. އިގްތިސާދީ ހާލަތު ދަށްވެފައިވާ ސްރީލަންކާގެ ފޮރިން އެކްސްޗޭންޖް ރިޒަރވް ދަށްވެ ތެލާއި ކާބޯތަކެތި ފަދަ އިމްޕޯޓު މުދަލަށް ފައިސާ ދެއްކުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މިއާއެކު ކާބޯތަކެއްޗާއި ތެލުގެ އަގުމަތިވުމާއިއެކު ސްރީލަންކާގެ ރައީސަށާއި މުޅި ސަރުކާރަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާން ވެސް ވަނީ ފަށާފައެވެ. މިމުޒާހަރާތަކުގައި ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެފައިވަނީ ސަރުކާރުގެ އިހުމާލުންކަމަށްބުނެ ސަރުކާރަށް އެތައް ތުހުމަތެއްކޮށް ފާޑު ކިޔަމުންދެއެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަކީ ބާޣީއެއްކަމަށް ގޮވާ ރައީސްގެ ސަރުކާރު އިސްތިއުފާއަށް ގޮވާފައި ވެސް ވެއެވެ.
މިމުޒާހަރާތައް ހޫނުވުމާއިއެކު ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގައި ކުއްލި ހާލަތާއި ކާފިއު އިއުލާންކޮށް އެންމެފަހުން ވަގުތީގޮތުން ސޯޝަލް މީޑިއާ ބޭނުން ކުރުންވެސް މަނާކޮށްފައެވެ. ސޯޝަލް މީޑިއާ މަނާކުރުމާއިއެކު ކާފިއުގެ ގަވާއިދަށް ބެލުމެއްނެތި މިއަދުވެސް ވަނީ މަގުމަތީގައި މުޒާހަރާކޮށްފައެވެ.
ނަމާލްގެ މިބަހާއިއެކު ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރު އޮތީ ބައިބައިވެފައިވާކަމަށް ތުންތުން މަތިން ފެތުރެންފެށިއެވެ. އަދި މިހާރު ހުންނެވި ބޮޑުވަޒީރު މަގާމުން ވަކިކޮށް އާ ބޮޑުވަޒީރަކާއިއެކު ވަގުތީ ސަރުކާރެއް ގާއިމުކޮށް ލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމަށް ޕާޓީތަކުން ހުށަހަޅާފައިވާކަމަށްވެސް ހަބަރުތައް ފެތުރެންފެށިއެވެ.
ނަމަވެސް ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ އޮފީހުން ވަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ ހިޔާލު ނުގެންގުޅުއްވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު