ސްރީލަންކާގެ ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމަށް އެކުގައި މަސައްކަތްކުރުމަށް ހުރިހާ ޕާޓީތަކަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސަަ ގޮވާލައްވައިފިއެވެ.
އިގުތިސާދީ ހާލަތު ދަށްވެ ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ ރައީސް ގޮޓަބަޔަގެ ސަރުކާރުގެ ކެބިނެޓުގެ 26 މިނިސްޓަރަކު މިހާރު ވަނީ އިސްތިއުފާދެއްވާފައެވެ.
މިއާއެކު ރައީސް ގޮޓަބަޔަވަނީ ލަންކާގެ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ގެނައުމަށް އެކުގައި މަސައްކަތްކުރުމަށް ލަންކާގެ ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދައުވަތު އަރުވާފައެވެ. އަދި ހުސްވެފައިވާ މިނިސްޓަރުންގެ މަގާމްތައް ފުރުއްވުމަށް ސިޔާސީ ޕާޓީތަކުގެ އެހީއަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ގޮޓަބަޔަ ވިދާޅުވީ، ސްރީލަންކާގައި އިގުތިސާދީ ހާލަތު ދަށްވެ ސިޔާސީ މަޝްރަހު ހޫނުވެފައިވަނީ ބައިނަލްއަގުވާމީގޮތުންވެސް އިގުތިސާދީ ހާލަތު ދަށްވެފައިވުމުންކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކުން ގުޅިގެން އެކުގައި މަސައްކަތްކޮށް ގައުމުގެ އަމާންކަން ކުރިއަށްއޮތް ޖީލުތަކަށްވެސް ދަމަހައްޓަން މަސައްކަތްކުރުމަށް ރައީސް ގޮޓަބަޔަ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު