ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުން ހުއްޓުވުމުން ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށް ބަލަން ފަށައިފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައެޅި ހުށައެޅުން ބަލައިގަތް ނަމަވެސް، މިދިޔަ އާދީއްތަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ނާއިބު ރައީސް ވަނީ ވޯޓު ނެގުމުގެ ކުރިން ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ނާއިބު ރައީސް ގާސިމް ސޫރީގެ މިނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕާޓީތަކުން ވަނީ މިމައްސަލަ ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ހުށައަޅާފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުން، އިތުބާރުނެތްކަމުގެ ވޯޓު ނެގުން ހުއްޓުވާފައިވަނީ ގާނޫނާ ޚިލާފަށެވެ.
އިދިކޮޅު ފަރާތްތަކުން ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައަޅާފައިވަނީ އެގައުމުގެ އިގްތިސާދީ ހާލަތު ގޯސްވާންޖެހުނީ ބޮޑުވަޒީރުގެ ސަބަބުންކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މިއީ އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކުގެ ނުފޫޒުން ކުރާކަމެއްކަމަށް ބޮޑުވަޒީރު އިމްރާން ޚާން ތުހުމަތުކުރައްވާފައިވެއެވެ.
އެގޮތުން ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓުނަގާ ޖަލްސާ ބޮއިކޮޓް ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ވެރިކަންކުރާ ޕާޓީގެ މެމްބަރުންގެ ކިބައިން ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި މިމައްސަލަ މަޖިލީހުން ބޭރުުކުރުމާއިއެކު ބޮޑުވަޒީރު ވަނީ ގާނޫނު ހަދާ މަޖިލީސްވެސް އުވާލާފައެވެ.
އަދި މިފަދަ ނިންމެވުމެއް ނިންމަވާފައިވަނީ ރައްޔިތުން އެދޭގޮތަަށް އަމާން އިންތިޙާބެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ކަމަށް އިމްރާން ޚާން ވިދާޅުވެފައިވެއެވެ.
މިއާއެކު ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި މިކަމާބެހޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހިނގަމުންދަނިކޮށް ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު