އިގުތިސާދީ ހާލަތު ދަށްވެފައިވާ ލަންކާގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން.
އިގުތިސާދީ ހާލަތު ދަށްވެފައިވާ ލަންކާގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން.
ސްރީލަންކާގެ އާ ފިނޭންސް މިނިސްޓަރ މަގާމާ ހަވާލުވި ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.

ފިނޭންސް މިނިސްޓަރ އަލީ ސަބްރީ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަމަވެސް އިއްޔެ މަގާމާ ހަވާލުވެލެއްވި ފިނޭންސް މިނިސްޓަރ އަލީ ސަބްރީ ވަނީ މަގާމާ ހަވާލުވި ދުވަހު މަގާމުން އިސްތިއުފާ ދެއްވިކަމަށް ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަށް ރަސްމީ ސިޓީއަކުން ދަންނަވާފައެވެ.

ސަބްރީގެ ސިޓީގައި ފިނޭންސް މިނިސްޓަރުގެ މަގާމް ފުރުއްވާނެ ބޭފުޅަކު އައްޔަނު ކުރެވެންދެން ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެހީތެރިވެދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިގުތިސާދީ ހާލަތު ދަށްވެ ސްރީލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ ރައީސް ގޮޓަބަޔަ ސަރުކާރުގެ ކެބިނެޓުގެ 26 މިނިސްޓަރުން އިސްތިއުފާދެއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިއާއެކު ލަންކާގެ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ގެނައުމަށް އެކުގައި މަސައްކަތްކުރުމަށް ލަންކާގެ ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ރައީސް ގޮޓަބަޔަ ވަނީ ދައުވަތު އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން