ހަނީ ގާލިކް ޝްރިމްޕް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
- 450 ގްރާމް ޝްރިމްޕް (ސާފުކޮށްފައި)
- 1⁄3 ކަޕް މާމުއި
- 1⁄4 ކަޕް ސޯއީ ސޯސް
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)
- 1 މޭޒުމަތީ ސަމުސާ މުގުރި ހިކިމިރުސް
- 2 މޭޒުމަތީ ސަމުސާ ބަޓަރ (އަންސޯލްޓެޑް)
ތައްޔާރުކުރާނެ ގޮތް:
ބޯތައްޓެއްގައި މާމުއި، ސޯއީ ސޯސް، ލުނބޯ ހުތް، ލޮނުމެދު، މުގުރި މިރުސް ކޮޅު އެއްކޮށްލާށެވެ. ދެން މެރިނޭޑް ކޮޅުން ދެތިން މޭޒު މަތީ ސަމްސާ ސާފުކޮށްފައިހުރި ޝްރިމްޕްކޮޅާ އެއްކޮށްލައި ރީއްޗަށް ކޯޓް ކޮށްލާށެވެ. 15 ވަރަކަށް މިނެޓުވަންދެން ޝްރިމްޕްކޮޅު މެރިނޭޓް ކުރަން ބަހައްޓާލުމަށްފަހު ތަވާއެއް އުނދުންމައްޗަށް އުދައި ބަޓަރުކޮޅު ހޫނުކޮށްލާށެވެ. ބަޓަރުކޮޅު ހޫނުވުމުން ޝްރިމްޕްކޮޅު ތަވައަށް އަޅައި ރަނގަޅަށް ރޯފިލުވާލާށެވެ. ދެތިން މިނެޓެއްހާއިރުތެރޭގައި ޝްރިމްޕް ރޯފިލުވާނިމޭނެއެވެ. ޝްރިމްޕްކޮޅު ރޯފިލުމުން އެއްކުރި މެރިނޭޓްކޮޅު އެއްކޮށްލާށެވެ. ދެން މެރިނޭޓްކޮޅު ކުޑަކޮށް ފެން ހިނދެންދެން ރަނގަޅަށް އުނދުން މަތީ ޝްރިމްޕްކޮޅާއެކު ކައްކާލާށެވެ. އަދި ކައްކާނިނުމުން، ބޭނުންނަމަށް ގްރީން އަނިއަންކޮޅެއް ކޮށާލާފައި މައްޗަށް އަޅާލެވިދާނެއެވެ.
ހަނީ ގާލިކް ޝްރިމްޕް އަކީ ބަތާއެކު އަދި ރޮށި ނޫނީ ފަރާޓާއެކުވެސް ކާލަން މީރު އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު