ކުރީގެ އެމްޑީޕީ ސަރުކާރުން ރައްޔިތުންނާ ސީދާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރަން ޖެހުނީ، މާލީ އިދާރާތަކުން ލޯނު ނެގުމަށް ރާއްޖެއަށް އޮތް ހުރިހާ ފުރުސަތެއް ބަންދުވުމުން ކަމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މެންބަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކާ ގުޅޭ ބިލަށް ބަހުސްކުރައްވަމުންނެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދަތިވާގޮތަށް ސިޔާސަތުތައް ބައްޓަންކުރާ ކަމަށް ބުނެ އެމްޑީޕީން ދަނީ އޮޅުވާލަމުން ކަމަށެވެ. ނަމަވެސް، މިއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ކުރީގެ އެމްޑީޕީ ސަރުކާރުން ޖީ.އެސް.ޓީ ބޮޑުކުރީ، ދައުލަތުގެ ދުވަހު ނެގޭ ހަރަދުތައް ހަމަޖައްސާނެ އެހެން ގޮތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރު މަމްދޫހު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ރައްޔިތުންނާ ސީދާ ގުޅުންހުރި ޓެކްސް ބޮޑުކުރުމުގެ އަސްލު ސަބަބަކީ، އެދުވަސްވަރުގެ ސަރުކާރަށް ދައުލަތުގެ ރިކަރަންޓް ހަރަދުތައް ހަމަޖައްސާނެ އެހެން އެއްވެސް ގޮތެއް ނެތުމެވެ. އެމްޑީޕީ ސަރުކާރުން ތަފާތު ބޭންކުތަކާއި މާލީ އިދާރާތަކުން ރާއްޖެއަށް ލޯނު ނެގޭނެ ހުރިހާ ފުރުސަތެއް ބަންދުވާ ހިސާބަށް ލޯނު ނެގުމަށްފަހު، އެންމެ ފަހުން ސީދާ ރައްޔިތުންނާ ގުޅުންހުރި ޓެކްސް ބޮޑުކުރަން މަޖުބޫރުވީ ކަމަށް މަމްދޫހު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ، މިހާރު ވެރިކަމުގައި އޮތް ސަރުކާރުގެ ދައުރު ދެބައިވީއިރުވެސް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި އާންމު ރައްޔިތުންނާ ގުޅުންހުރި އެއްވެސް ޓެކްސްއެއް ބޮޑުކޮށްފައި ނުވާކަމަށެވެ. މަމްދޫހު ވިދާޅުވި ގޮތުގައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިހާރު ގެނެވޭ ބަދަލާއެކު ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
އަދި ޓެކްސްގެ ގާނޫނުތަކަށް ގެނެވޭ ބަދަލުތަކަކީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބުރައަކަށް ނުވާނެ ކަމުގެ ޔަގީންކަން މަމްދޫހު ދެއްވިއެވެ. މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އިގްތިސާދީ މިސްރާބު ރަނގަޅުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް ވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު