ހުދާ ނުލުގެ ނިއުގެ ސަޕޯޓަރުން އުފެއްދި ރޭޑިއަންޓަށް ކުޅެން މުޙައްމަދު ޝިފާން (ކުޑައްޓޭ) ސޮއިކޮށްފިއެވެ.
ރޭޑިއަންޓަށް ކުޅެން މުޙައްމަދު ޝިފާން (ކުޑައްޓޭ) އެއްބަސްވެ އެޓީމާއެކު ސޮއިކުރީ ރޭ ބޭއްވި ހަފުލާއެއްގައެެވެ. ކުޑައްޓޭއަކީ ނިއުރޭޑިއަންޓް އޭއެފްސީކަޕް ސެމީފައިނަލަށް ދަތުރުކުރިއިރު މުހިއްމު ކުޅުންތެރިއެކެވެ.
2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގައިވެސް ކުޑައްޓޭ ވަނީ އިސް ދައުރެއް އަދާކޮށްފައެެވެ. ފަހުން ކުޑައްޓޭ ފެނިގެންދިޔައީ ކްލަބު ވިކްޓްރީ އިންނެވެ.
ނިއުގެ ނުލާއި ހުދުގެ ޖަރޒީން ގަލޮޅު ދަނޑަށް ނިކުމެ، ކުޅުނު ރާއްޖޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ކުޑައްޓޭ ހިމެނެއެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ އިތުރުން ކުޑައްޓޭއަކީ މޮޅު ޑިފެންޑަރެއްކަން ފާހަގަކޮށްލެވެއެެވެ.
ކުޑައްޓޭ ވަނީ ދެފަހަރެއްގެ މަތީން 9 އަހަރު ނިއުރޭޑިއަންޓަށް ކުޅެފައެެވެ. ރޭޑިއަންޓަށް ކުޅެން ސޮއިކުރުމަށްފަހު ކުޑައްޓޭ ބުނީ އެޓީމަށް ސޮއިކުރީ ނިއުރޭޑިއަންޓްގެ ރޫހު އަލުން ގެނައުމަށް ސަޕޯޓަރުން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ކަމަށެވެ.
ރޭޑިއަންޓުން ވަނީ ނިއުރޭޑިއަންޓާއެކު ކާމިޔާބު ހޯދި ކުޅުންތެރިޔާ އަދި ކޯޗު ސޮބާހު މުޙައްމަދު ކޯޗަކަށް ހަމަޖައްސާފައެވެ. އަދި ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަހުމަދު މުޙައްމަދު (އައްމަޑޭ) ވަނީ ކުޅުންތެރިއެއްގެ ގޮތުގައާއި އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހަމަޖައްސާފައެވެ.
ރޭޑިއަންޓުން މިހާރު ދަނީ ކްލަބްގެ ޓީމު އެކުލަވާލުމުގެ މަސަައްކަތް ކުރަމުންނެެވެ. ކުރިއަށް އޮތްތާގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ރޭޑިއަންޓާއި ގުޅޭނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު