ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ބޭރުކޮށްލީ ގާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި އެ ވޯޓް އަލުން ނެގުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓު މިދިޔަ އާދީއްތަ ދުވަހު ނެގުމަށް ތާވަލް ކުރުމަށްފަހު އެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ. އެމައްސަލަ މަޖިލީހުން ބޭރުކޮށްލުމާއެކު ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވާފައެވެ.

އިމްރާންގެ މި ނިންމުން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިރޭ ކުރި ހުކުމުގައި ބުނެފައިވަނީ ސަރުކާރުގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި އެއީ އަމަލުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ. އަދި ސްޕްރީމް ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އަންނަ ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ގާނޫނުު ހަދާ މަޖިލީހުގެ މައްޗަށް ވެސް އަމުރު ނެރެފަ އެވެ.

އިމްރާން މަގާމުން ދުރުކުރަން ބޭނުންވާ 172 ވޯޓުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ވަނީ 177 އަށް ވުރެ ގިނަ ވޯޓު ލިބޭނެ ކަން ހާމަކޮށްފައެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ 342 މެމްބަރުންނެެވެ. އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުއްވީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝެހްބާޒް ޝަރީފެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓާ ދިމާކޮށް ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ބޮޑު ޕާޓީއެއް ކަމަށްވާ މުއްތަހިދާ ގައުމީ މޫވްމަންޓް ޕާކިސްތާން (އެމްކިއުއެމް-ޕީ) އާއި އިމްރާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ބައިއަތު ހިފާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ވަނީ އޭނާ ވެރިކަމުގެ ދުރުކުރުމުގެ ފަހަތުގައި ވަނީ ބޭރުގެ ބާރުގަދަ ދައުލަތެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން