ރަޝިޔާއިން ހަމަލާތައް ދެމުންދަނިކޮށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޔުކްރެއިނަށް ވަޑައިގެންފިއެވެ.

އިއްޔެގެ ވަގުތެއްގައި ޔުކްރެއިނުގެ ވެރިރަށް ކިއެވަށް ވަޑައިގެން ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ ޔުކްރެއިނަށް އިތުރު ހަތިޔާރާއި ހަތިޔާރު އެޅި އުޅަނދުފަހަރުގެ އިތުރުން މާލީ އެހީތެރިކަން ޔުކްރެއިނަށް ފޯރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ބޮރިސްގެ މިދަތުރުފުޅުގައި ޔުކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އާއި ބައްދަލު ކުރައްވާ ޔުކްރެއިނުގެ ރައްޔިތުންނަށް ޒެލެންސްކީ ދައްކަވަމުންދާ ނަމޫނާއަށް ސާބަސް ދެއްވިއެވެ. އަދި ޔުކްރެއިނުގެ ރައްޔިތުން ގައުމު ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ބޮރިސް ވަނީ ފާހަގަކުރައްވާފައެވެ.

ބޮރިސްގެ މިކުއްލި ދަތުރުފުޅާ ބެހޭގޮތުން ދަތުރުކުރެއްވުމުގެ ކުރިން އެއްވެސް ހަބަރެއް އާންމުކޮށްފައެއް ނުވެއެވެ. ބޮރިސް ޔުކްރެއިނަށް ވަޑައިގެންނެވިކަންވެސް އާންމުކޮށް އެނގިގެންދިޔައީ ލަންޑަނުގައި ހުންނަ ޔުކްރެއިން އެމްބަސީއިން އާންމުކުރި ފޮޓޯ އަކާއެކު ކަމަށް ބޭރުގެ ގިނަ ނޫސްތަކުން ފާހަގަކޮށްފައިވެއެވެ.

ބޮރިސްގެ ދަތުރުފުޅުގައި ޔުކްރެއިނުގެ ރައީސް ޒެލެންސްކީއާއެކު ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަޅުވެފައިވާ ޔުކްރެއިނުގެ ވެރިރަށް ބައްލަވާލައިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން