ހިއުމަން އިމިއުނޯޑެފިޝަންސީ ވައިރަސް (އެޗްއައިވީ) ޖެހިފައިވާ މީހުން މުޖްތަމައުން އެކަހެރި ކުރަން ނުޖެހޭނެކަން އިންޑިއާގެ ވިޔަފާރިވެރިއަކު ދައްކުވައިދީފިއެވެ.

އެޗްއައިވީ އަކީ އިންސާނާގެ ހަށިގަނޑުގެ ދިފާޢީ ބާރު އެވައިރަސްގެ ސަބަބުން ދަށްކޮށްލާ ނުވަތަ ނައްތާލާ ވައިރަހެކެވެ. މީގެ ސަބަބުން އެކިއެކި ޖަރާސީމްގެ ސަބަބުން ޖެހޭ ބަލިތަކުން ދިފާޢުނުވެ، ބަލި ހަށިގަނޑުގައި ފެތުރެމުންދެއެވެ. މިބަލި ޖެހޭ މީހުން މުޖްތަމައުން އެކަހެރިކޮށް ދުރުކޮށްލުމަކީ އާންމުކަމެކެވެ.

ނަމަވެސް އިންޑިއާގެ ވިޔަފާރިވެރިއެއް އަދި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުވެސްކުރާ އެކްޓިވިސްޓެއްކަމަށްވާ ޑރ. ކައްލޯލް ގޯޝް ދަނީ އިންޑިއާގެ ކޮލްކަތާގައި ހިންގާ "ކެފޭ ޕޮޒިޓިވް" ނަމަކަށް ކިޔާ ކެފޭއެއް މެދުވެރިކޮށް އެޗްއައިވީ ޖެހިފައިވާ މީހުންނާ މެދު އާންމުން ދެކޭގޮތް ބަދަލު ކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިކެފޭގައި ވަޒީފާ އަދާކޮށް ކެފޭ ހިންގަނީ އެޗްއައިވީ ޖެހިފައިވާ މީހުންކަމަށް ޑރ. ގޯޝް ހާމަކޮށްފައިވެއެވެ.

ޑރ. ގޯޝް ބުނީ ކެފޭ ޕޮޒިޓިވް އަކީ ހަމައެކަނި ކެފޭ އެއް ނޫންކަމަށާއި، މިއީ އެޗްއައިވީ ޖެހި މުޖްތަމައު އެކަހެރިކުރުމުން ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް އެކިކަހަލަ ގޮންޖެހުން ކުރިމަތިވަމުންދާ މީހުންނަށް ދެވޭ އުންމީދެއްކަމަށެވެ.

2018 ވަނަ އަހަރު އިންޑިއާގައި ހުޅުވި މިކެފޭގެ އިތުރު 30 ގޮފި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ހުޅުވުމަށް ޑރ. ގޯޝް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން