މާޝާ މިދުހަތު   14 އޭޕްރީލު 2022 - 21:39
ފަލާފެލް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

- 400ގ ޗިކްޕީ ދަޅެއް (ދަޅުގައި ހުރި ފެން ހުސްކޮށްލައި ޗިކްޕީތައް ފެނުން ދޮވެލައި ފެން ހިއްކާލައިފައި)

- 1 ފިޔާ (ތުނިކޮށް ކޮށާފައި)

- 1 ކަޕް ޕާސްލީ ފަތް (ޗޮޕްކޮށްފައި)

- 1/2 1 ކަޕް ފުށް

- 2 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

- 3 ލޮނުމެދު (ޗަސްކޮށްފައި)

- 1/2 ސައިސަމުސާ މުގުރި ދިރި

- 1/2 ސައިސަމުސާ މުގުރި ކޮތަނބިރި

- 1/4 ސައިސަމުސާ ޕެޕްރިކާ (މުގުރި މިރުސް)

- 1/4 ސައިސަމުސާ އަސޭމިރުސް

- 1/2 ސައިސަމުސާ ލޮނު

- ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ފަލާފެލް ތައްޔާރުކޮށްލުމަށް ޗިކްޕީ، ފިޔާ، ޕާސްލީ، ލުނބޯ ހުތް، ލޮނުމެދު، ދިރި، ކޮތަނބިރި، ޕެޕްރިކާ، އަސޭމިރުސް، ލޮނު އަދި ފުށް އެއްކޮށްލައި ރަނގަޅަށް މޮޑެލާށެވެ. ދެން ގުޅަޖައި ފަތާކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް ބްރައުންކުލަ އަރަންދެން ތެއްލާލާށެވެ. ބޭނުންނަމަ ފިހެލެވިދާނެއެވެ.

މިއީ މެދުއިރުމަތީ ގައުމުތަކުގައި މަޝްހޫރު ކާއެއްޗެކެވެ. ފަލާފެލް އަކީ ޕްރޮޓީންސް ގިނައިން ލިބޭ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން