މިސްކިތެއްގައި ގައިދުރުކޮށްގެން ނަމާދުކުރަނީ
މިސްކިތެއްގައި ގައިދުރުކޮށްގެން ނަމާދުކުރަނީ
ސަޢޫދީ އަރަބިއްޔާގައި ކޯވިޑް-19 އާ ގުޅިގެން ދެމަސް ދުވަހަށް ދިގުލައިގެން ދިޔަ ލޮކްޑައުންއަށް ލުއިތަކެއްދީ ރައްކާތެރި އުސޫލު ތަކާއެކު މިސްކިތްތަކުގައި ނަމާދުކުރުމަށް ހުޅުވާލައިފިއެވެ.

މިޤަވާއިދު ތަކުގެ ތެރޭގައި، ނަމާދު ކުރުމަށް މިސްކިތްތައް ބޭނުން ކުރެވޭއިރު، އަމިއްލަ މުސައްލަ ގެންދިއުމާ، މާސްކް އެޅުމާއި، ދެ މީޓަރުގެ ގައިދުރުކަމެއް ބެހެއްޓުމަށް ވަނީ ކަނޑާއަޅާފައެވެ. މީގެ އިތުރުން ނަމާދުކުރަން މިސްކިތްތަކަށް އަންނަންވާނީ ގެއިން ވުލޫ ކޮށްގެން ކަމަށްވެސް މިޤަވާއިދުގައި ބުނެފައިވެއެވެ.

މިސްކިތްތައް ހުޅުވައިލިނަމަވެސް ދުވަސްވީ މީހުންނާއި، 15 އަހަރުން ދަށުގެ ކުޑަކުދިންނާއި، އެކި ކަހަލަ ދުވަސްވީ ބަލިތައް ތަހައްމަލު ކުރާ މީހުން މިސްކިތްތަކަށް ދިއުމަށް އަދި ހުއްދަ ކުރެވިފައެއް ނުވެއެވެ.

ސަޢޫދީ އަރަބިއްޔާގެ ލޮކްޑައުން އަށް ލުއެއް ދިނުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، ޖޫން 21 ގައި މުޅިން ލޮކްޑައުން އުވާލެވޭ ގޮތަށް ކަމަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރާ ހަވާލާދީ ރޮއިޓާސްއިން ހާމަކޮށްފައިވެއެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖު، އަދި އުމްރާ އަށްދާ މައްކާ ގެ މިސްކިތްތަށް އަދި ހުޅުވައިނުލާނޭ ކަމަށްވެސް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ބުނެފައިވެއެވެ.

ސައުދީގެ މިސްކިތްތައް ހުޅުވާލުމާއެކު ނަމާދަށް މިސްކިތައް އެރި ބައެއް މީހުންގެ އުފާވެރި އިހުސާސް ތައް ހާމަކުރަމުން ބުނެފައިވަނީ އެމީހުން އިންތިޒާރު ކުރަމުން ދިޔަ މި އެދުން ފުދިގެން ދިއުމުން މިސްކިތައް އައިސް ނަމާދު ކޮށްލަން ލިބުމުން އުފަލުން ގޮސް ރޮވުނު ކަމަށެވެ. މިއީ އެތައް ދުވަހެއްގެ އިންތިޒާއި އުއްމީދު މާތް ﷲ ހިތްމަވައި ދެއްވި އުފާވެރި ދުވަހެއް ކަމުގައި ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ސަޢޫދީ އަރަބިއްޔާގައި މިހާތަނަށް 83،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 480 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން