އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް
ޔުކްރެއިނަށް ދެމުންދާ ހަމަލާތައް އިންސާނިއްޔަތަށްޓަކައި ހަތަރު ދުވަހަށް ހުއްޓާލުމަށް އދ އިން އެދިއްޖެއެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް މިފަދައިން އެދިވަޑައިގެންފައިވަނީ އީސްޓަރ ފާހަގަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހަށް ޔުކްރެއިނާއި ރަޝިޔާއާއި ދެމެދު ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ކްރިސްޓިއަނުންގެ މެދުގައި ފާހަގަ ކުރާ އީސްޓަރ އާއި ގުޅިގެން ހަނގުރާމަ މެދުކަނޑާލަން އެދިފައިވާއިރު ރަޝިޔާއިން ވަނީ ހަމަލާތަކުގެ ފުރަތަމަ ފޭސް ނިންމައި ދެވަނަ ފޭސްގެ ތެރެއިން ޔުކްރެއިނުގެ އިރުމަތީ ސަރަހައްދުން ހަމަލާ ދޭން ފަށާފައެވެ. އަދި މިހަމަލާތައް ވަރުގަދަކޮށްފައިވާކަން ފާހަގަކޮށް އދ ން ވަނީ ރަޝިޔާގެ ހަމަލާތައް އާންމު ރައްޔިތުންނަށް އަމާޒުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

"މިހާތަނަށް އެތައް އާންމުންނެއް ވަނީ މިހަމަލާ ތަކުގައި މަރުވެފައި.... މިކަން ތަކުރާރުވެގެން ނުވާނެ. މިހަނގުރާމައިގެ ސަބަބުން އެތައް ސަތޭކަ މީހުންނެއްގެ ފުރާނަ ވަނީ ނުރައްކަލެއްގެ ތެރޭގައި." އދ ގެ ސެކްރެޓަރީ އެންޓޯނިއޯ ގުޓެރެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސުލްޙައިގެ މަޝްވަރާތައް އަވަސްކޮށް އެއްބަސްވުމަކަށް އައުމަށްވެސް އެންޓޯނިއޯ ގުޓެރެސް ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން