މާލޭގެ ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ގަލޮޅުގައި ހުންނަ ކޮލަމްބިއާ ގޭގައި ހަދާފައިވާ ގަރާޖެއްގައެވެ. ގަރާޖުގައި ވަރަށް ބޮޑަށް ރޯވެފައިވާއިރު، އަލިފާންގަނޑުގެ އަސަރު އެގޭގެ ފުރަތަމަ ފަންގިފިލައާއިހަމައަށް ވަނީ ފޯރާފައެވެ.

އަލިފާން ރޯވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިފައިންނާއި ފުލުހުން އެ ސަރަހަދަށް ގޮސް ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ. މިހާދިސާގައި ވެފައިވާ ގެއްލުމުގެ ތަފުސީލު އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލުތަކުގައި އަލިފާން ރޯވެ އަނދާފައިވާކަން ފާހަގަ ކުރެވެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު