އަންނަމަހުން ފެށިގެން ތައިލެންޑަށް އެތެރެވާން އޮންއެރައިވަލް ކޮވިޑް ޓެސްޓެއް ހަދާކަށް ނުޖެހޭނެގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ހަރުކަށި ގަވާއިދުތަކެއް އަޅާފައި އޮތުމަށްފަހު ބޯޑަރުތައް ހުޅުވައި ތައިލެންޑުން މިހާރުވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން މިހާރުވެސް ތައިލެންޑަށް އެތެރެވުމަށްފަހު ހަދާ އޮންއެރައިވަލް ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނު ވުމަށްފަހު، ޓެސްޓު ނަތީޖާ ނެގަޓިވްނަމަ ކަރަންޓީނުވާކަށް ނުޖެހެއެވެ.

މިހާރު އެކުލަވާލައިފައިވާ މިގަވާއިދަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަން އިއުލާންކޮށްފައިވަނީ މިއަދުއެވެ. އެގޮތުން އަންނަ މެއި މަހުން ފެށިގެން ތައިލެންޑަށް އެތެރެވާން އޮންއެރައިވަލް ކޮވިޑް ޓެސްޓެއް ހަދައި ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާކަމުގެ ލިއުމެއް ހުށައަޅަން ޖެހޭނެއެނެއެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައި ނުވާނަމަވެސް ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓެއްގެ ނެގަޓިވް ނަތީޖާ އަކާއެކުވެސް އިތުރު ކަރަންޓީނުވުމަކާއި ނުލައި ތައިލެންޑަށް އެތެރެވެވޭނެއެވެ.

އޭޝިއާ ބައްރުގެ ފަތުރުވެރިކަމަށް މަގުބޫލު މަންޒިލެއްކަމަށްވާ ތައިލެންޑުގެ ކަމާބެހޭ ވުޒާރާތަކުން، ކޮވިޑުގެ ގަވާއިދުތަކަށް ދެވޭ ލުއިތަކާއެކު ފަތުރުވެރިން ގިނަވެގެންދާނެކަމަށް ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން