އިދިކޮޅު ޕީޕިއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބެނާތައް ފުލުހުން އިއްޔެ ނަގަން ފެށުމުން ބެނާގެ ސްޕެލިންގ ބަދަލުކޮށް އަލުން ނެގި ބެނާތައްވެސް ފުލުހުން ނަގައިފިއެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕޭނުގެ ބެނާތަކުގެ ސްޕެލިން ބަދަލުކޮށްފައިމިވަނީ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ނިންމަވައި ރައީސް އިއްޔެ ގަރާރެއް ނެރުއްވާފައިވަނިކޮށެވެ.
ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭންގެ ބެނާތަކުގައި ލިޔަމުން އައީ "އިންޑިޔާ އައުޓް" ކަމަށް ވިޔަސް ފަހުން ދަމާފައިވާ ބެނާތަކުގައި ސްޕެލިން ލިޔެފައި ވަނީ "އިން ޑިއަރ އައުޓް" މި ގޮތަށެވެ.
ފުލުހުން މިހާރު ވަނީ އެ ބެނާވެސް ނަގާފައެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، މިއީ ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ގަރާރެއް ކަމަށް ގާނޫނީ ވަކީލުން ގެންދަނީ ބުނަމުންނެވެ. އަދި ރައީސްގެ ގަރާރަކުންވެސް ގާނޫނުއަސާސީގައި ބުނާ ކަންކަން ހަނި ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވެއެވެ.
އަނެއްކޮޅުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު