"އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރުއްވި ފަނޑިޔާރަށް އިންޒާރު ދިން ކަމަށް ބުނެ އެމައްސަލަ މައްސަލަ ބަލައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
"އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރުއްވި ފަނޑިޔާރުގެ ނަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ބުނެ ގައުމަށް ޣައްދާރުވި މީހުން ގަން ހިންގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ތަރުޖަމާނަކަށް ހުންނެވި އައްބާސް އާދިލް ޓުވިޓާގައި ވަނީ ގޮވާލާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީން ބުނީ އައްބާސް އާދިލް ރިޒާގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެކަމަށެވެ. ނަމަވެސް މިކަމާއި މެދު ފުލުހުން ވަކި އެއްޗެއް އަދި ނުބުނެއެެވެ.
"އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރެދެއްވީ ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ އަމުރު ނެރެފައިވަނީ ފަތިސް ނަމާދަށް ބަންގި ގޮވި ވަގުތުގައިކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެކަމަށްވެސް ފާޑު ކިޔަމުންނެވެ.
އައްބާސް އާދިލް ރިޒާއަކީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއަރޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރު ރާއްޖެއިން ފޮނުވާލުމަށް އަޑުއުފުލުމުގައި ރިޒާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމުގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާނެވެ.

މި ގާޒީ މަތިން ހަނދާން ނެތިދާނެތީ ހަނދާނުގައި ބެހެއްޓުމަށް ޓުއިޓް ކޮށްލީ. ވަރަށް ރަގަޅަށް ވާނެ ބަލާ ފާސްކުރަނީ. މަޖީދީމަގުގަ ހުރިހާ ގައްދާރުން ވާޖަހާ ދަމަންވާނެ. pic.twitter.com/1T3I6qHIks
— Abbas Adil Riza (@AbbasRiza) April 21, 2022
"އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރެދެއްވީ ކުރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ އަމުރު ނެރެފައިވަނީ ފަތިސް ނަމާދަށް ބަންގި ގޮވި ވަގުތުގައިކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ އެކަމަށްވެސް ފާޑު ކިޔަމުންނެވެ.
އައްބާސް އާދިލް ރިޒާއަކީ އިންޑިއާއާ ދެކޮޅަށް އަޑު އުފުލުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއަރޕޯޓު ހިންގަން ހަވާލުކުރި ޖީއެމްއާރު ރާއްޖެއިން ފޮނުވާލުމަށް އަޑުއުފުލުމުގައި ރިޒާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމުގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާނެވެ.
ކިޔުންތެރިންގެ ހިޔާލު