ކުނި އަންދައިގެން ހަކަތަ އުފެއްދޭ ޕްލާންޓެއް އައްޑޫ ސިޓީއަށް ގެނެސްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުނި އަންދައިގެން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮތަށް ޑިޒައިންކޮށްފައިވާ ޕްލާންޓެއް އައްޑޫގައި ގާއިމް ކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބޭނުމަކަށް ގެނެސްފައިވާކަމަށެވެ.

އައްޑުއަށް ގެނައި "ވޭސްޓް ޓު އެނާޖީ" ޕްލާންޓަކީ ރާއްޖޭން ބޭރުގައި ޑިޒައިންކޮށް އުފައްދައިގެން ގެނައި ޕްލާންޓެކެވެ.





އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ޕްލާންޓުން އުފައްދާ ކަރަންޓުގެ ތެރެއިން އެއް މެގަވަޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ފީޑް ކުރެވޭނެކަމަށާއި އަދި 500 ކިލޯވަޓް ބޭނުން ކުރާނީ އައްޑޫގެ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ބޭނުންތަކަށެވެ.

މި މަސައްކަތް ކުރިއަށްދާ މިންވަރު އޮޅުންފިލުވުމަށާއި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ކޮންޓްރެކްޓަރާއި އެ މަސައްކަތާ ގުޅުން ހުރި ފެނަކައިގެ މުވައްޒަފުންނާއި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ.

ސަރުކާރުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ހަކަތަ އުފައްދާނެ އިތުރު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު