ރައީސް ސޯލިހުގެ ސަރުކާރު ވައްޓާލަން އެމްޑީޕީ މެމްބަރުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ސަރުކާރަށް ފާޑުކިޔައި ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ނިހާދު ވިދާޅުވީ ސަރުކާރު ވައްޓާލައި، އަނިޔާ ލިބެން އެމްޑީޕީގެ މެމްބަރުން މަގުމައްޗަށް ނުކުންނަން ބޭނުން ނުވާނެ ކަމަށެވެ.
"މިއީ އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ވަންދެން އަނިޔާއާއި ވޭނުގައި އުޅެ ޖާނާއި މާލުން ގުރުބާންވެގެން ގެނައި ސަރުކާރެއް." ނިހާދު ވިދާޅުވި އެވެ.
ނިހާދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވާނީ ސަރުކާރާއެކު ޕާޓީ ހިންގައި އުފާވެރިކަން ލިބިގަންނަން ކަމަށެވެ.
ނިހާދަކީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީގެ ޓީމުން މައިގަނޑު ގޮތެއްގައި ކެމްޕޭން ކުރަނީ ސަރުކާރަށް ވައުދު ނުފުއްދޭ ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެންކަން ގިނަ ބަޔަކު ފާހަގަކުރެއެވެެ.
ދާދިފަހުން އިންތިގެ ކެމްޕޭން ޓީމުން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުމުން އެމައްސަލަ ވެސް ވަރަށް ހޫނުވެގެން ދިޔައެވެ. އިންތިގެ ޓީމުގެ އަމަލުތައް ހުރި ގޮތުން 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އޮތުމަށް އެ ފަރާތްތަކުން ބޭނުންނުވާކަން ހާމަވާ ކަމަށް އިންތިޚާބުގައި ފައްޔާޒު އިސްމާއިލްގެ ކެމްޕޭން ޓީމުން ބުނެއެވެ.

MDP ge Memberun 7 Aharu vandhen aniyaa aai veynugai ulhe, jaanaai maalun gurubaan vegen genai MDP in ufedhdhi sarukaaru vattaalai, aniyaa aai kurimathilaan magu machchah nikunnaakah MDP member aku ne~edheyne! Sarukaaraai eku party hingaalaigen ufaaverikan libigannamaa! #Faya4CP
— Feydhoo Meehaa (Mohamed Nihad) (@nihad_m) April 23, 2022
"މިއީ އެމްޑީޕީގެ މެމްބަރުން ހަތް އަހަރު ވަންދެން އަނިޔާއާއި ވޭނުގައި އުޅެ ޖާނާއި މާލުން ގުރުބާންވެގެން ގެނައި ސަރުކާރެއް." ނިހާދު ވިދާޅުވި އެވެ.
ނިހާދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވާނީ ސަރުކާރާއެކު ޕާޓީ ހިންގައި އުފާވެރިކަން ލިބިގަންނަން ކަމަށެވެ.
ނިހާދަކީ އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދުކުރައްވާ ބޭފުޅެކެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީގެ ޓީމުން މައިގަނޑު ގޮތެއްގައި ކެމްޕޭން ކުރަނީ ސަރުކާރަށް ވައުދު ނުފުއްދޭ ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައިގެންކަން ގިނަ ބަޔަކު ފާހަގަކުރެއެވެެ.
ދާދިފަހުން އިންތިގެ ކެމްޕޭން ޓީމުން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުމުން އެމައްސަލަ ވެސް ވަރަށް ހޫނުވެގެން ދިޔައެވެ. އިންތިގެ ޓީމުގެ އަމަލުތައް ހުރި ގޮތުން 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އޮތުމަށް އެ ފަރާތްތަކުން ބޭނުންނުވާކަން ހާމަވާ ކަމަށް އިންތިޚާބުގައި ފައްޔާޒު އިސްމާއިލްގެ ކެމްޕޭން ޓީމުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު