ރާއްޖޭގައި ފާޅުކަން ބޮޑު ގާނޫނީ ގޯސްތައް ހަދަން ޖާގަ ލިބެނީ ބާ ކައުންސިލް ބަލިކަށިވުމުން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު މިއަދު ވިދާޅުވީ، ދިވެހި ރާއްޖޭގައި ފާޅުކަން ބޮޑު ގާނޫނީ ގޯސްތައް ހަދަން ޖާގަ ލިބޭ އެއް ސަބަބަކީ ގާނޫނީ ދާއިރާއާއި ބާ ކައުންސިލް ބަލިކަށިވުން ކަމަށެވެ. ގާނޫނުގެ ވެރިކަމަށް ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ނަމަވެސް ބާ ކައުންސިލް އޮންނަނީ ދުލުގައި ތަޅު އަޅުވައިގެން ކަމަށް ދިޔާނާ ވިދާޅުވިއެވެ.
"ރޫލް އޮފް ލޯއަށް ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރިއަސް އަމިއްލަ ހަންގަނޑުގައި އެކަމެއް ނުޖެހޭ ހިދެއްގައި ދުލުގައި ތަޅު އަޅުވައިގެން ތިބުން." ބާ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ދިޔާނާ ބާ ކައުންސިލަށް މިފަދަ މޭރުމަކުން ފާޑުކިޔާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ހުސްވި ހަފުތާ ނިމެމުން ދަނިކޮށް ނެރުއްވި ރިޔާސީ ގަރާރަކާއި ގުޅިގެން ގާނޫނީ ބައެއް ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައިގައި ބާ ކައުންސިލް ފަދަ މިނިވަން މުއައްސަސާއަކުން މިހާތަނަށް ވެސް ބަހެއް ބުނެފައި ނުވާތީއެވެ. އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް އަމުރުކުރަށްވައި ރައީސް ނެރުއްވި މިގަރާރަކީ ގާނޫނީ ގޮތުން ނެރެވޭނެ ގަރާރެއް ކަމާމެދު ވަނީ ބަހުސެއް ފެށިފައެވެ.
ބާ ކައުންސިލަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންނާއި ގާނޫނީ ދާއިރާގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެެވެ. ބާ ކައުންސިލްގައި ތިއްބަވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ ވަކީލެކެވެ. ބާ ކައުންސިލް އުފެދުނު ފަހުން ގާނޫނީ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން އެ ކައުންސިލް އެދެވޭ މަސައްކަތްތަކެއް ނުކުރާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

Dhivei raajjeyga faalhukan bodu qaanoonee goas hadhan jaaga libey eh sababakee legal community aa @MvBarCouncil balikashivun. Rule of law ah kithanme bodu gonjehumeh kurimathi kuriyas amilla hanganduga ekameh nujehey hindhegga dhuluga thalhu alhuvaigen thibun.
— Dhiyana 🎈?🌹 (@dhiyanasaid) April 23, 2022
"ރޫލް އޮފް ލޯއަށް ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރިއަސް އަމިއްލަ ހަންގަނޑުގައި އެކަމެއް ނުޖެހޭ ހިދެއްގައި ދުލުގައި ތަޅު އަޅުވައިގެން ތިބުން." ބާ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ދިޔާނާ ބާ ކައުންސިލަށް މިފަދަ މޭރުމަކުން ފާޑުކިޔާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ހުސްވި ހަފުތާ ނިމެމުން ދަނިކޮށް ނެރުއްވި ރިޔާސީ ގަރާރަކާއި ގުޅިގެން ގާނޫނީ ބައެއް ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައިގައި ބާ ކައުންސިލް ފަދަ މިނިވަން މުއައްސަސާއަކުން މިހާތަނަށް ވެސް ބަހެއް ބުނެފައި ނުވާތީއެވެ. އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވުމަށް އަމުރުކުރަށްވައި ރައީސް ނެރުއްވި މިގަރާރަކީ ގާނޫނީ ގޮތުން ނެރެވޭނެ ގަރާރެއް ކަމާމެދު ވަނީ ބަހުސެއް ފެށިފައެވެ.
ބާ ކައުންސިލަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންނާއި ގާނޫނީ ދާއިރާގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެެވެ. ބާ ކައުންސިލްގައި ތިއްބަވަނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ ވަކީލެކެވެ. ބާ ކައުންސިލް އުފެދުނު ފަހުން ގާނޫނީ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން އެ ކައުންސިލް އެދެވޭ މަސައްކަތްތަކެއް ނުކުރާތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު