ސްކޫލުތަކުގެ ޓީޗަރުން ސިޔާސީ މަސައްކަތް ކުރަން ބޭނުންވާނަމަ އެ ވަޒީފާ ދޫކޮށް، ސިޔާސީ މަސައްކަތަށް ނިކުތުމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދުކޮށް ޓުވީޓުކުރި އަރަބިއްޔާ ސްކޫލްގެ މުދައްރިސެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކޮށްފައިވާތީ އެކަމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ޓިޗަރުންނަކީ ދަރިވަރުންނަށް މިސާލަކަށް ވާން ޖެހޭބައެއް ކަމަށެވެ. ސިޔާސީ މީހުންނާއި ޓީޗަރެއްގެ މަސައްކަތާއި އަޚްލާގުގެ ތަފާތު ރަނގަޅަށް އެނގެން ޖެހޭކަމަށް އިކްރާމް ވިދާޅުވިއެވެ.



"ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ ބޭފުޅުން ކިޔަވައިދިނުން ދޫކޮށް ސިޔާސީ މަސައްކަތަށް ނިކުތުން ރަނގަޅުވާނެ." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ވެސް ސިޔާސީ ހަަރަކާތްތަކުގައި ބައިވެރިވެގެން ޓީޗަރުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ.

އަރަބިއްޔާ ސްކޫލްގެ މުދައްރިސެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް ސްކޫލަށް ނުކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރައީސް ސޯލިހް ރިޔާސީ ގަރާރަކުން ޤައުމީ ސަލާމަތާ ގުޅުންހުރި ނިންމުމަކަށް ސީދާ ގޮތުން ފާޑުކިޔައި "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ހަރަކާތަށް ހިތްވަރު ލިބޭގޮތަށް ފާރިޝް ވަނީ ޓުވީޓުކޮށްފައި ކަމަށެވެ.

އަދި އެއީ ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ކަމެއް ކަމަށާއި މީގެ ކުރިންވެސް މި ބާވަތުގެ ކަންކަމުގައި އޭނާއަށާ ނަސޭހަތް ދީފައިވާނެ ކަމަށް އެ ލިޔުމުގައިވެއެވެ.

ފާރިޝް ކުރި ޓުވީޓަކީ އެކުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނާއި، ކިޔަވައިދޭ ދަރިވަރުންނާއި މުޖުތަމައުގެ އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަދި އެ ކަންކަމަށް މަގުފަހިވާ އަމަލަކަށްވާތީ އެކަން ތަހުގީގު ކުރުމަށްޓަކައި ފާރިޝް ސަސްޕެންޑު ކުރިކަމަށް އެ ލިޔުމުގައި އޭނާއަށް އަންގާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


3

ޢާއްމު މީހާ

25-Apr-2022

ކަލޯ ކޮންފޮތަކު އޮތީ ސިޔާސީ މީހުންނާ ޓީޗަރުންގެ އަޚްލާޤް ތަފާތުކުރުމަށް ގޮވައިލާފަ? ސިޔާސީ މީހުން ފުރަތަމަ ދަރިވަރުންނާ މުޖުތަމަޢުގެ ނަމޫނާޔަކަށް ވާންވީ. އެއީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ބޮޑު މުސާރަ އަމިއްލަޔަށް ލިބިގަނެގެން, އެންމެނަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލަން ޒިންމާ ނަގައިގެން ތިބޭތީ!


8

އަހަރެންގެ ބަސް

25-Apr-2022

ބޭފުޅާ ދަންނަވަންތޯ ވާހަކައެއް! އެއްވެސް މީހަކު ވަކި ކޮޅަކަށް ވޯޓް ދޭ ހިސާބުން އެހުރީ ސިޔާސީ ވެފަ. ތިޔަބޭފުޅުން ވޯޓް ބަލާ ސިވިލް ސަރވިސްގެ ނިކަމެތި ކުދިމުސާރަވެރިންގެ ގާތަށް އައުން ހުއްޓާލާ!