ހުޅުމާލޭގައި އަޅާ ސިޓީ ހޮޓަލުގެ ނުނިމި ހުރި މަަސައްކަތް ވަރަށް އަވަހަށް ފަށަައިގަނެވޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެއްޖެއެެވެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ހުޅުމާލޭގައި ގާއިމް ކުރާ ސިޓީ ހޮޓަލުގެ މަސައްކަތް ބިޑް ކާމިޔާބުކޮށްގެން އެންމެ ފުރަތަމަ ހަވާލުކުރީ އެސްޓީއޯއާއި ކަމަށެވެ. އެ ކުންފުނިން ސިޓީ ހޮޓާ އެޅުމުގެ ބައެއް މަސައްކަތް ކޮށްފައިވީ ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދި މިހާރު އެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ސުހައިލް ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ، އެޗްޑީސީ އިން ސިޓީ ހޮޓާ އެޅުމުގެ މަސައްކަތާއި ހަވާލުވެ އެ ކޯޕަރޭޝަނާއި ޕާޓްނާޝިޕް ވާނެ ފަރާތެއް އައްޔަންކޮށް އެ ފަރާތާއެކު މިހާރު މަޝްވަރާކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދަކީ ހަމަ ވަރަށް އަވަހަށް އެތަނުގެ ނުނިމި ހުރި މަސައްކަތް ފަށައިގަނެވޭނެ ކަމަށް، މިހާރު އަޅުގަނޑުމެންނާއިި ޕާޓްނާޝިޕްވާނެ ފަރާތާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކުރެހުންތަށް ތައްޔާރުކޮށް އެޕްރޫވްއަލް އަށް ހުށައެޅިފައި ހުރީ، އެ އެޕްރޫވްއަލް ލިބުމާއެކު އެމަސައްކަތްތަށް ފެށިގެންދާނެ." ސުހައިލް ވިދާޅުވިއެވެ.
ހުޅުމާލޭގައި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް އެޗްޑީސީން ވަނީ އެކި މަރުހަލާތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައި، އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސިޓީ ހޮޓާ އިމާރަތް ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ.
ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އެހޮޓާ ތަރައްގީކޮށް ނިންމަން އެންމެ ފުރަތަމަ ކަނޑައެޅީ 2013 ވަނަ އަހަރަށެވެ. އެސްޓީއޯ އިން އޭރު އިމާރަތްކުރި ސިޓީ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު