ޔުކްރެއިނަށް އިންސާނީ އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކަށް ރަޝިޔާއިން ބިރުދައްކާކަމަށް ގިނަބަޔަކު ރިޕޯޓުކޮށްފިއެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާތަކާއެކު ޔުކްރެއިނުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ކާބޯތަކެއްޗާއި އާންމު ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި އަވަށްޓެރި ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ހަރަކާތްތެރިވަމުންްނެވެ.

ޔުކްރެއިނަށް އިންސާނީ އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ބިރުދައްކާ ވާހަކަތައް ގިނަބަޔަކު ފާހަގަކުރަމުންދާއިރު، މިއީ ރަޝިޔާއިން ދެމުންދާ ހަމަލާތަކުގެ އަނިޔާވެރިކަން ހާމަކޮށްފާނެކަމަށް ދައްކާ ބިރެއްކަމަށް ގިނަބަޔަކު ބުނެއެވެ. އެގޮތުން އަމިއްލަ ފޯނާއި، ލެޕްޓޮޕް ފަދަ ތަކެއްޗަށް ސައިބަރ އެޓޭކް ކުރުންފަދަ ކަންކަން އާންމުވަމުންދާކަމަށްވެއެވެ.

އަދި މިގޮތަށް ސައިބަރ އެޓޭކްކޮށް ހޯދާ މައުލޫމާތުގެ އަލީގައި އިންސާނީ އެހީ ފޯރުކޮށްދެމުންދާ އަމިއްލަ ފަރާތްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ވަކިވަކި ފަރުދުންގެ މައުލޫމާތު ނާޖާއިޒުގޮތުގައި ބޭނުންކޮށްފާނެކަމުގެ ބިރުބޮޑުކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ. މީގެއިތުުރުން މިފަދަ ސައިބަރ އެޓޭކް ކުރަމުންދަނީ އިންސާނީ އެހީފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަނގުރާމައިގެ ވާހަކަތައް ޑޮކިއުމެންޓް ކުރުން ހުއްޓުވައި ހަގީގަތް ހާމަކުރުން ހުއްޓުވުމަށްކަމަށްވެސް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން