އައްޑޫގެ ރުއްޖެހެރަ ޕިކްނިކް ޒޯނަކަށް ބަދަލުކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި ކަމަށް ބުނެ އެ މަސައްކަތާ ގުޅޭ ތަފުސީލު ހިއްސާކޮށްދޭން އީޕީއޭއިން އަންގައިފިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެރެނެލް އިބްރާހީމް ނައީމު ސޮއިކުރައްވައި އައްޑޫ މޭޔަރު އަލީ ނިޒާރަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ލިންކް ރޯޑް ސަރަހައްދުގައި އޮންނަ ކުނިކޮށީގެ ދެކުނުން އޮތް ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ، ހޭޅިފަށުން ގަސްތައް ނަގައި އެ ހިސާބުގަނޑުގެ އާނުގަނޑުގެ ހަލާކުކޮށްލާފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.



އެހެންކަމުން އެ މަސައްކަތް ހިނގާފައިވާ ގޮތުގެ ތަފުސީލު އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން އީޕީއޭ އަށް ފޮނުވަން ކައުންސިލަށް ފޮނުވި ސިޓީގައި ވަނީ އަންގާފައެވެ.

ރުއްޖެހަރަ ސަރަހައްދު އައްޑޫ ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް އައްޑޫ ސިޓީކައުންސިލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައެވެ. އެ މަސައްކަތް ކުރަމުންދަނީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ ފްރެންޑްސް ކުލަބާއި ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީ ޓެކް ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު


4

އަލީބާ

25-Apr-2022

ކޮބައިތަ އިބޫ އަޅައިދޭން ބުނި ޕިކްނިކް އައިލެންޑް..