ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ ފިރިކަލުން އަޙްމަދު ޝާހިދު (ސާބެ)ގެ ކުންފުނި "ރިޔަން ޕްރައިވެޓް ލިމިޓެޑް" އާއި ސަރުކާރުން ހަވާލުކުރި ގިނަ މަސައްކަތްތަކެއް ނުނިމިވާތީ ހެލްތު މިނިސްޓްރީން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ، އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހަވާލު ކޮށްފައިވާ މަސައްކަތް ތަކެއް ކަމަށާއި ލަސްވުމުގެ ސަބަބުން މިނިސްޓްރީން ވަރަށް ހިތި ތަޖުރިބާ ތަކެއް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
އަދި ރިޔަން ކުންފުންޏާ އެމަސައްކަތްތައް މިނިސްޓްރީން ހަވާލުކުރީ އަގާއި، ޓެކްނިކަލް ކަންކަމާާ އަދި ހާއްސަކޮށް މުއްދަތަށް ބަލާފައިކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް މުއްދަތުގެ ގޮތުން ތަންކޮޅެއް ދުވަސް ނަގާނެ ކަމަށް ބުނެ ހުށަހެޅި ކުންފުނިތައް ވެސް ހުރިކަމަށާއި، މިހާރު ބަލާއިރު އެކުންފުނިތަކަށް އެ މަސައްކަތް ހަވާލު ނުކުރެވުން އެއީ އެ ކުންފުނި ތަކަށް ވެސް ކުރެވުނު ބޭއިންސާފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ވަނީ 2 ހޮސްޕިޓަލަކާއި 8 ސިއްހީ މަރުކަޒެއްގެ ޑިޒައިން މަސައްކަތް ރިޔަން ކުންފުންޏާ ހަވާލުކޮށްފައެވެ. 40 ދުވަހުން ނިންމަން ހަވާލުކޮށްފައިވާ، އެތަންތަނުގެ ޑިޒައިން މަސައްކަތް 8 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
އާދިލް ވިދާޅުވީ، ފަހުންވެސް އެ މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކޮށްގެން ކުރަން ނިންމިކަމަށެވެ. އަދި އެގޮތަށް ނިންމީ އަލުން އިއުލާން ކޮށްގެން ކުރިއަށްގެންދަން ވެއްޖެނަމަ މަރުހަލާތައް ދިގުލައިގެން ހިނގައިދާނެތީ ކަމަށެވެ. އަދި ވިދާޅުވީ މުއްދަތު ހަމަވުމުން ކުރީކޮޅުވެސް މަސައްކަތް އަވަހަށް ނިންމަން އަންގާފައިވާނެ ކަމަށާއި އަދި މިހާރު އެންމެ ފަހުގެ ނޯޓިސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔަން އިން ހުށަހަޅާފައިވަނީ އެކި އިމާރާތްތަކުގެ މަސައްކަތް އެކި މުއްދަތުގައި ނިންމުމަށެވެ. އެގޮތުން 25 ދުވަހާ 40 ދުވަހާ ދެމެދުގެ މުއްދަތުގައި ކުރެހުންތައް ނިންމަން އެއްބަސްވެފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ރިޔަން އިން މިހާރު ހުށަހަޅާފައިވާ ކުރެހުން ތަކުގައިވެސް މިނިސްޓްރީން ދީފައިވާ ގައިޑްލައިނާ ހިލާފަށް ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ، އަނެއްކާވެސް އެކަންކަން ރަނގަޅު ކުރަން އަންގާފައިވާނެ ކަމަށެވެ.
މަސައްކަތްތައް ލަސްވުމުން އެކަމުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާއިރު، ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލްތަކުގެ މަސައްކަތް ތަކަކީ ފައިސާ ވެސް ލިބިފައިވާ މަސައްކަތްތަކެއް ކަމަށާއި، މިހާ ބޮޑު ލަސްވުމެއް ޑިޒައިނިން މަސައްކަތްތަކަށް އައުމުން އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
އީވާގެ ފިރިކަލުންގެ އެ ކުންފުންޏަކީ، ޑިޒައިން ކުރުމާއި އަދިވެސް އެފަދަ ހިދުމަތްތައް ދޭ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު