ފުވައްމުލަކު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، އޭބީސީ އަޅަން ބޭނުންވާ މެޓީރިއަލްސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަަށެވެ. އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންކަމަށް އެމްޓީސީސީން ބުނެއެވެ.





އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 331.05 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު