އިންޑިއާގެ ނިއުދިއްލީގައި ބާއްވާ 7 ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވާން ހަމަޖެހިއްޖެއެވެ.

ރައިސިނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ.

މި މަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ބާއްވާ މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ. އަދި ހާއްސަކޮށް ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާ ނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


7

ސޫލާ ޝިރާޒީ

25-Apr-2022

މަސްތުވާ ޒާތުގެ ޝަރުބަތު ފުޅި ފެންނާނެ, ވަރަސް ބޯހިތްވާނެ . އެކަމަކު ނުބޯތި. ބުއިޟާ ޏާށަންފޭށޭޏީ ދެން ގަޔަށް ލެވޭނީ . އިތުރުކަމެއްވެސް ވެދާނެ,


0

ސޫލާ ޝިރާޒީ

25-Apr-2022

މަސްތުވާ ޒާތުގެ ޝަރުބަތު ފުޅި ފެންނާނެ, ވަރަސް ބޯހިތްވާނެ . އެކަމަކު ނުބޯތި. ބުއިޟާ ޏާށަންފޭށޭޏީ ދެން ގަޔަށް ލެވޭނީ . އިތުރުކަމެއްވެސް ވެދާނެ,