ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ރެޕަޓުއާ ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ގަރާރެއް ނެރުއްވުމާ ގުޅިގެންނެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ދެއްކުން ހުއްޓުވުން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް ސްޓޭޓް އޮފް އެމެޖަންސީ އިއުލާނު ނުކޮށް ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށެވެ. ޝަހީދު ވިދާޅުވީ، ރާއްޖެއިން ވަނީ 2006 ވަނަ އަހަރުގައި އިންޓަނޭޝަނަލް ކޮވިނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) ގެ ދަށުން، އެގޮތަށް އެއްބަސްވެފައި ކަމަށާއި އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހައްގެއް ހަނިކުރެވޭނީ ތިން ޝަރުތެއް ފުރިހަމަކޮށްފައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީދުވަނީ އެ ޝަރުތުތައްވެސް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެއާއި ގުޅޭ ފުރަތަމަ ޝަރުތަކީ "ލީގަލިޓީ" ކަމަށާއި، ދެއްކުން މަނާ ވާހަކައެއް ނަމަ އެއީ މަނާ ވާހަކައެއްކަން ސާފުކޮށް އެނގޭ ގޮތަށް ލިޔެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި އޮންނަން ވާނެކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާގެ ގަރާރެއް އޮތުމަކުން މި ޝަރުތު ފުރިހަމަ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ޝަރުތަކީ "ލެޖިޓިމެސީ" ކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ، ދެއްކުން މަނާ ވާހަކައެއް ކަމަށް ނިންމަނީ އައިސީސީޕީއާރް 19(3) އިން ހުއްދަ ދޭ މަސްލަހަތެއް ހިމާޔަތް ކުރަންކަން ކަށަވަރު ކުރަން ޖެހޭނެކަމަށާއި ނޭޝަނަލް ސެކިއުރިޓީ ހިފެހެއްޓުމަކީ ހުއްދަ ކަމަކަށްވާތީ އެ ޝަރުތު އެގޮތަށް ފުރިހަމަ ވެދާނެކަމަށެވެ.
ނަމަވެސް ތިންވަނަ ޝަރުތަކީ "ނެސެސިޓީ އިން އަ ޑިމޮކްރެޓިކް ސޮސައިޓީ" ކަމަށްވާތީ ފުރަތަމަ ދެ ޓެސްޓުން ފާސް ވިޔަސް ހަނި ކުރެވޭނީ އެ މަސްލަހަތު ރައްކާތެރިކުރަން ކޮންމެހެން ހަނި ކުރަން ޖެހޭ ހާލަތެއްގައި، އަދި އެންމެ ކުޑަ މިންވަރެއްގެ ހުރަހަކުން ކަމަށްވާތީ އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތް ގޮތް ހުރިހާ ހިނދަކު އިންޑިއާ އައުޓް ގޮވުން މަނާކުރުމަކީ ތިން ވަނަ ޓެސްޓުން ފާސް ވާނެކަމެއް، ނުވަތަ ޝަރުތު ހަމަވާނެ ކަމެއް ނޫން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީދު ވިދާޅުވީ ދިވެހި ހާރިޖިއްޔާ، ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީން ކުރާ ބޭއިންސާފެއް ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށެވެ.
ޝަހީދުގެ މިވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ތާއީދު ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ. ޓްވިޓާގައި ޑރ. ޝަހީދުގެ ވާހަކަތަކަށް ތާއީދު ކުރައްވާ ދިޔާނާ ވިދާޅުވެފައިވަނީ ކުއްލި ހާލަތު އިއުލާންކުރާ ހާލަތުގައިވެސް ގަރާރަކުން ނުހިފެހެއްޓޭނެ ހައްގުތަކެއް ހިމެނޭ ކަމަށެވެ.
ރައީސްގެ އެ ގަރާރަށް ތާއީދު ކުރަށްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ބައިނަލްއަޤުވާމީ ކުޅުންތަކަށް ބުރޫއަރާ ގޮތަށް އެމިނިވަންކަން ބޭނުން ނުކުރެވޭނެ ކަމަށެވެ. މިފަދައިން ޚިޔާލުފާޅުކުރެއްވި ތަޖުރިބާކާރު ނަފާ ނަސީމް ވިދާޅުވީ ގާނޫނުއަސާސީން ދެނީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގްވާމީ ހަމަތައް މުގުރުމަކީ ޚިޔާލްފާޅުކުރުން ނޫން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހި ފިތުނަފަސާދަ އުފެއްދުމަކީ ވެސް ޚިޔާލްފާޅުކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަފާ ނަސީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާބަދީ އަކީ 450000 ހާސް ކަމަށާއި އެކަމަކު ސިޔާސީ ދެ މީހަކު ތެދުވެ އޭތި މީތި ގޮވީމާ އެ މީހުންގެ އަޑު މިހާރު ވަނީ މުޅި ރައްޔިތުންގެ އަޑަށް ކަމަށެވެ.
ނަފާ ނަސީމް ވިދާޅުވީ ގާނޫނުއަސާސީން ދެނީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގްވާމީ ހަމަތައް މުގުރުމަކީ ޚިޔާލްފާޅުކުރުން ނޫން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހި ފިތުނަފަސާދަ އުފެއްދުމަކީ ވެސް ޚިޔާލްފާޅުކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދެމީހަކު ތެދުވެ ކެމްޕޭނަށް އޭތި މީތި ގޮވީމަ މުޅި ރައްޔިތުންގެ އަޑަށްވީއެވެ. ނޫސްތަކުގެ ސުރުޚީ އަށް އެރުވިއެވެ. ގައުމީ ކަމަކަށްވީއެވެ." ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ ހިންގަވާ އިންޑިޔާ އައުޓް ކެމްޕޭނަކީ ގައުމީ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ ކެމްޕޭން ކުރިއަށް ގެންދާތީ ނުސީދާކޮށް އެކަމަށް އިޝާރަތް ކުރައްވަމުން ނަފާ ނަސީމް ވިދާޅުވިއެވެ.
ހާރިޖީދާއިރާގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބޭފުލުން މިފަދައިން ވިދާޅުވިނަމަވެސް، ރައީސް ނެރުއްވި ގަރާރާއިއެކު ފުލުހުން ވަނީ ގަރާރުގައިވާ ކަންކަން ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން ވެރިރަށް މާލޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުންވަނީ ނަގާފައެވެ. އަދި އެފަދަ ކަންކަން ދެން ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެކަންކަމަށް ފުރުސަތު ނުލިބޭނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

Qawmee salaamathah nurakkaa vaahaka dhekkun huttuvun ok. Namaves State of Emergency declare nukoh, hama ekani RJ ge qaraarakun insaanee haqqeh hani nukureveyne. Mi gothah Raajje vanee 2006 ga ICCPR ge dhashun ebbasvefa. Haqqeh hanikureveynee 3 sharutheh furihamakoffa./2
— Ahmed Shaheed (@ahmedshaheed) April 23, 2022
ޝަހީދުގެ މިވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ތާއީދު ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ. ޓްވިޓާގައި ޑރ. ޝަހީދުގެ ވާހަކަތަކަށް ތާއީދު ކުރައްވާ ދިޔާނާ ވިދާޅުވެފައިވަނީ ކުއްލި ހާލަތު އިއުލާންކުރާ ހާލަތުގައިވެސް ގަރާރަކުން ނުހިފެހެއްޓޭނެ ހައްގުތަކެއް ހިމެނޭ ކަމަށެވެ.
ރައީސްގެ އެ ގަރާރަށް ތާއީދު ކުރަށްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ނަމުގައި ބައިނަލްއަޤުވާމީ ކުޅުންތަކަށް ބުރޫއަރާ ގޮތަށް އެމިނިވަންކަން ބޭނުން ނުކުރެވޭނެ ކަމަށެވެ. މިފަދައިން ޚިޔާލުފާޅުކުރެއްވި ތަޖުރިބާކާރު ނަފާ ނަސީމް ވިދާޅުވީ ގާނޫނުއަސާސީން ދެނީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގްވާމީ ހަމަތައް މުގުރުމަކީ ޚިޔާލްފާޅުކުރުން ނޫން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހި ފިތުނަފަސާދަ އުފެއްދުމަކީ ވެސް ޚިޔާލްފާޅުކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަފާ ނަސީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާބަދީ އަކީ 450000 ހާސް ކަމަށާއި އެކަމަކު ސިޔާސީ ދެ މީހަކު ތެދުވެ އޭތި މީތި ގޮވީމާ އެ މީހުންގެ އަޑު މިހާރު ވަނީ މުޅި ރައްޔިތުންގެ އަޑަށް ކަމަށެވެ.
ނަފާ ނަސީމް ވިދާޅުވީ ގާނޫނުއަސާސީން ދެނީ ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ކަމަށާއި، އެހެން ނަމަވެސް ބައިނަލްއަގްވާމީ ހަމަތައް މުގުރުމަކީ ޚިޔާލްފާޅުކުރުން ނޫން ކަމަށެވެ. އަދި މީހުންގެ އަބުރާ ބެހި ފިތުނަފަސާދަ އުފެއްދުމަކީ ވެސް ޚިޔާލްފާޅުކުރުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ދެމީހަކު ތެދުވެ ކެމްޕޭނަށް އޭތި މީތި ގޮވީމަ މުޅި ރައްޔިތުންގެ އަޑަށްވީއެވެ. ނޫސްތަކުގެ ސުރުޚީ އަށް އެރުވިއެވެ. ގައުމީ ކަމަކަށްވީއެވެ." ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ ހިންގަވާ އިންޑިޔާ އައުޓް ކެމްޕޭނަކީ ގައުމީ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އެ ކެމްޕޭން ކުރިއަށް ގެންދާތީ ނުސީދާކޮށް އެކަމަށް އިޝާރަތް ކުރައްވަމުން ނަފާ ނަސީމް ވިދާޅުވިއެވެ.
ހާރިޖީދާއިރާގެ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބޭފުލުން މިފަދައިން ވިދާޅުވިނަމަވެސް، ރައީސް ނެރުއްވި ގަރާރާއިއެކު ފުލުހުން ވަނީ ގަރާރުގައިވާ ކަންކަން ތަންފީޒު ކުރަން ފަށާފައެވެ. އެގޮތުން ވެރިރަށް މާލޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ފުލުހުންވަނީ ނަގާފައެވެ. އަދި އެފަދަ ކަންކަން ދެން ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެކަންކަމަށް ފުރުސަތު ނުލިބޭނެކަމަށް ފުލުހުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު