ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ދަށްވެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުން ފެށިގެން އުވާލާފައިވާތީ، މާދަމާއިން ފެށިގެން އެޗްޕީއޭގެ ކޯލް ސެންޓަރުގެ ހިދުމަތް ހަމަ އެކަނި ރަސްމީ ގަޑީގައި ދޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ ދެ އަހަރު 24 ގަޑިއިރު ހިދުމަތް ދެމުން އައި ކޯލް ސެންޓަރުގެ ހިދުމަތް މާދަމާއިން ފެށިގެން ހަމައެކަނި ރަސްމީ ގަޑީގައި ހިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި ބަދަލާއެކު، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކުން ކޯލް ސެންޓަރާ ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ވެސް ހުއްޓާލާފައިވާ ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނުވަތަ ޑައިރެކްޓް ކޮންޓެކްވެގެން ކަރަންޓީންގައި ތިބޭ މީހުން ސިއްހީ ފަރުވާ ހޯދަން ޖެހޭ ހާލަތްތަކުގައި އެންމެ ކައިރީގައިވާ ހޮސްޕިޓަލަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށާއި އަދި ކުއްލިއަކަށް ހާލުބޮޑުވެ، އެމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތައް އެމަޖެންސީ މެޑިކަލް ސާވިސްގެ ނަންބަރު 100 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އެންމެ ފަހުން އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 14 އިން މިމަހު 16 އަށް ކޮވިޑަށް ޕޮޒިޓްވެފައި ވަނީ 4،225 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު