ކޮވިޑް -19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ސަރުކާރުގެ 2 ކުންފުންޏަކާއި ދެމެދު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އެމްއޯޔޫގައި ސޮއިކޮށްފައެވެ.
މި ޕްރޮގްރާމް ދަށުން އެޕްރެންޓިސްޝިޕް ހިންގުމަށް މިނިސްޓްރީއާއެކު މިއަދު އެމްއޯޔޫ ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިންނެވެ. މި ގޮތުން، އެމް.އޭ.ސީ.އެލް އިން އިލެކްޓްރިކަލް، ވެލްޑިންގް، ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އަދި މި ނޫންވެސް ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނަކަ އިން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ވޯޓަރ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޓަރސްގެ އިތުރުން، އިލެކްޓިރިކަލް އިންސްޓޯލޭޝަން އަދި
މެއިންޓަނަންސް ދާއިރާއިންނެވެ.
މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ނީޒާ އިމާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ، ޖެނެރަލް މެނޭޖަރ، ގުރައިޝާ އިސްމާއީލް އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުމެވެ. އެގޮތުން، 21 އެޕްރީލް 2012ގައި އެޗްޑީސީ، ވެމްކޯ އަދި އެމްޓީސީސީ އާ ސޮއިކުރެވުނެ އެމްއޯޔޫ ހިމެނޭ ގޮތަށް، މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް އެޕްރެންޓިސްޝިޕް ހިންގުމަށް ޖުމްލަ 5 ފަރާތަކާއެކު ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

Today @TeamFenaka and @MACLmedia has joined the Ministry of Economic Development as additional partners to provide apprenticeship opportunities under the Income Support Project. https://t.co/zN0dVUc86u pic.twitter.com/ZUZM4zqq4b
— Economy & Trade (@MoEDmv) April 24, 2022
މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ނީޒާ އިމާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްއޭސީއެލްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ، ޖެނެރަލް މެނޭޖަރ، ގުރައިޝާ އިސްމާއީލް އަދި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލަށް ބޭނުންވާނެ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތުތަކެއް އެފަރާތްތަކަށް ފަހިކޮށްދިނުމެވެ. އެގޮތުން، 21 އެޕްރީލް 2012ގައި އެޗްޑީސީ، ވެމްކޯ އަދި އެމްޓީސީސީ އާ ސޮއިކުރެވުނެ އެމްއޯޔޫ ހިމެނޭ ގޮތަށް، މި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް އެޕްރެންޓިސްޝިޕް ހިންގުމަށް ޖުމްލަ 5 ފަރާތަކާއެކު ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު