ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވަނިކޮށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން އިސްތިއުފާދެއްވައިފިއެވެ.

އެޗްއާރުސީއެމްގެ މީޑިއާ އޮފިޝަލް ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޔާމީން މަގާމުން ވަކިވުމަށް އެދި ސިޓީ ހުށަހަޅާފައިވާކަން މީޑިއާތަކަށް ޔަގީންކޮށްދެއްވާފައެވެ.

ޔާމީނާ ގުޅޭގޮތުން ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތަފްސީލް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޔާމީން އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ މަގާމު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު