އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ބީލަން ކާމިޔާބުކޮށް ރަށްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓު އިއުލާނުކުރާނީ، އެފަރާތްތަކުން ފައިސާ ދެއްކުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.
ފަސް މަހަށް ވުރެ ގިނަ ދުވަސް ދިގުލައިގެން ދިޔަ ބީލަން މަރުހަލާއަކަށް ފަހު ރިސޯޓު ހަދަން ހުޅުވާލި 18 ރަށުގެ ތެރެއިން، ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ވަނީ ނިންމާފައެވެ. އެކަމަކު މިހާތަނަށް ބީލަން ކާމިޔާބުކުރި މީހުން ނޫނީ ވިޔަފާރިތަކުގެ ނަމެއް އާންމު ކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ބައެއް ނޫސްތަކަށް ވިދާޅުވި ގޮތުގައި ބީލަން ކާމިޔާބުކުރި ލިސްޓު އާންމުކުރާނީ އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑަށް ހުށަހެޅި ފައިސާގެ ދެބައިކުޅަ އެއްބައި ދައްކާ ހަލާސްކުރުމުން ކަމަށެވެ.
މިނިސްޓްރީން އެފެދައިން ވިދާޅުވުމުން އުޝާމް މިއަދު ވިދާޅުވީ، އެއީ މީގެ ކުރިން މިފަދަ ކަންކަމުގައި އަމަލުކުރާ ގޮތް ނޫންކަމަށެވެ. އަދި ބިޑް ހުށަހެޅި ފަރާތްތަކާއި އެފަރާތްތަކުން ހުށަހެޅި އަގުތައް އަދި ބިޑް ކާމިޔާބުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރުން އެއީ "ބެސްޓް ޕްރެކްޓިސް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، މިސަރުކާރުން އެވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގައި ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް ކަމަށެވެ.
އެކި ކުންފުނިތަކާ ހަވާލުކުރި އެ 7 ރަށަކީ މިދިޔަ އަހަރު ދުބާއި އެކްސްޕޯގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. މީގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ. އާންމުގޮތެއްގައި މީގެ ކުރިން އެފަދަ ރަށްތައް ހަވާލު ކުރުމަށްފަހު އެ ރަށްތައް ހަވާލުކުރި ކުންފުނިތަކުގެ ނަންތައް ސަރުކާރުން ހާމަކުރެއެވެ.

މިއީ މީގެ ކުރިން އަމަލުކުރާ ގޮތެއް ނޫން. ބިޑް ހުށަހެޅި ފަރާތްތަކާއި އެފަރާތްތަކުން ހުށަހެޅި އަގުތައް އަދި ބިޑް ކާމިޔާބުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރުން އެއީ ބެސްޓް ޕްރެކްޓިސް. މިސަރުކާރުން މިވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގަ ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް. https://t.co/Ao7kAKjmtC
— Ahmed Usham (@a_usham) April 24, 2022
އެކި ކުންފުނިތަކާ ހަވާލުކުރި އެ 7 ރަށަކީ މިދިޔަ އަހަރު ދުބާއި އެކްސްޕޯގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. މީގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ. އާންމުގޮތެއްގައި މީގެ ކުރިން އެފަދަ ރަށްތައް ހަވާލު ކުރުމަށްފަހު އެ ރަށްތައް ހަވާލުކުރި ކުންފުނިތަކުގެ ނަންތައް ސަރުކާރުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު