އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ގަރާރަށް ފާޑުކީ މައްސަލާގައި އަރަބިއްޔާ ސްކޫލްގެ މުދައްރިސްކަމުގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ޝެއިޚް ޒަމްޒަމް ފާރިޝް، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވުނީ އޮޅުމަކުންކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އޭނާއަށް އަންގައިފިއެވެ.
އަރަބިއްޔާ ސްކޫލްގައި ކިޔަވައިދޭ ޒަމްޒަމް ސްކޫލަށް ނުކުތުން މަނާކުރިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ހަފްތާގައި ފޮނުވި ލިޔުމުގައި ބުނީ، އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ އަމިއްލަ އެކައުންޓުން ޓުވީޓް ކޮށްފައިވާ ކަމަށެވެ. އަދި ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން، އެކަން ބަލައި ތަހުގީގު ކުރުމަށް ދިވެހި ސިވިލް ސާވިސްގެ ގަވައިދު 2014 ގެ 258 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަމްބަރާ ހަވާލާދީ، 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ޒަމްޒަމް ފާރިޝް ސަސްޕެންޑު ކުރިކަމަށް އޭނާއަށް އޮތީއަންގާފައެވެ.
ނަމަވެސް، އޭގެ ދެދުވަސްފަހުން މިނިސްޓްރީން މިހާރުވަނީ، ޒަމްޒަމްގެ ސަސްޕެންޝަނަކީ މުސާރަ ނުލިބޭގޮތަށް ކުރި ސަސްޕެންޝަނެއްކަމަށް ބުނެވުނީ އޮޅުމަކުންކަމަށް ބުނެފައެވެ.
ޒަމްޒަމް މިއަދު ވިދާޅުވީ، މިނިސްޓްރީން އެދުވަހު އެންގި އެންގުން ބަދަލުކޮށްފައިވާކަން މިއަދު އޭނާއަށް ވަނީ އަންގާފައެވެ. އެގޮތުން މިހާރު ޒަމްޒަމް ހުންނެވީ މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށް މިނިސްޓްރީން އޭނާއަށް ފޮނުވި އީމެއިލްގައި ބުނެފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ގަރާރަށް ފާޑުކިޔައިގެން ޒަމްޒަމް ސަސްޕެންޑް ކުރުމުން، އޭނާ މަސައްކަތް ކުރައްވާ އަރަބިއްޔާ ސްކޫލް ކައިރީ އެ ސްކޫލްގެ ބައެއް ބެލެނިވެރިންވަނީ ހިމޭން އިހުތިޖާޖެއް ކުރަން ފަށާފައެވެ. އަދި އެ އިހުތިޖާޖު މިއަދު ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

އަޅުގަނޑުގެ ދެ ލޯ ފަދަ ލޮބުވެތި ޢަރަބިއްޔާ ސްކޫލަށް ނުނިކުމެވޭ ހެން މުސާރަ ނުލިބޭނޭހެން ވަޒީފާއިން ސަސްޕެންޑުކުރަން ނިންމި ނިންމަށް ބަދަލު ގެނެސްފިއެވެ. މިހާރު އޮތީ މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ގޮތަށެވެ. މިނިސްޓްރީގެ އީމެއިލްގައި ވިދާޅުވެފައިވަނީ މުސާރަ 👇
— ZamzamFarish - ޒަމްޒަމް ފާރިޝް (@ZamzamFarish) April 24, 2022
ޒަމްޒަމް މިއަދު ވިދާޅުވީ، މިނިސްޓްރީން އެދުވަހު އެންގި އެންގުން ބަދަލުކޮށްފައިވާކަން މިއަދު އޭނާއަށް ވަނީ އަންގާފައެވެ. އެގޮތުން މިހާރު ޒަމްޒަމް ހުންނެވީ މުސާރަ ލިބޭގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށް މިނިސްޓްރީން އޭނާއަށް ފޮނުވި އީމެއިލްގައި ބުނެފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ގަރާރަށް ފާޑުކިޔައިގެން ޒަމްޒަމް ސަސްޕެންޑް ކުރުމުން، އޭނާ މަސައްކަތް ކުރައްވާ އަރަބިއްޔާ ސްކޫލް ކައިރީ އެ ސްކޫލްގެ ބައެއް ބެލެނިވެރިންވަނީ ހިމޭން އިހުތިޖާޖެއް ކުރަން ފަށާފައެވެ. އަދި އެ އިހުތިޖާޖު މިއަދު ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު