ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތް ކުރުމަށް އިންޑިޔާގެ އެހީތެރިކަން ބޭނުންވާކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރާކާތް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އިދިކޮޅުން ވަނީ އެ ހަރަކާތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ. އެހަރާކާތް އިދިކޮޅުން ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން އިންޑިއާއިން ރާއްޖެއަށް ބަރޯސާވާވަރަށްވުރެ ބޮޑަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައިވާކަމަށެވެ.
މީގެއިތުރުން ޝަރީފް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ކުރިއަށް ނިކުމެ އެހީތެރިކަން ދީފައިވާކަން ފާހަގަކުރައްވާފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދީ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކޮށް ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި، އިންޑިޔާގެ ހެޔޮއެދުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށެވެ.
މި ސަރުކާރު އައިފަހުން ރާއްޖޭގެ އުމުރާނީ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމަކީ ވެސް އިންޑިޔާ އެެވެ. އެގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައާއި ބޭރުފައިސާގެ ދަތިކަން ހައްލުކުރުމަށާއި ސަރުކާރުގެ ބޮޑެތި ބުރިހާ މަޝްރޫއުތަކަށް ދަރަންޏާ އެހީއާއި ލޯނު ދީފައިވަނީ އިންޑިއާއިންނެވެ.
އިންޑިޔާއާއި ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސް ވަނީ އެ ހަރާކާތް ހުއްޓުވުމަށް ކަމާ ގުޅޭ މުވައްސަސާތަކަށް އަންގަވާފައެވެ.

Politically n economically 🇲🇻 is more dependent on 🇮🇳 than vice versa n 🇮🇳 had come forward to assist its neighbour whenever n wherever the need arose. In our efforts to defend n protect our country’s territorial integrity n independence, India’s goodwill n assistance is crucial.
— Ibrahim Shareef (@AdduShareef) April 24, 2022
މީގެއިތުރުން ޝަރީފް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ކުރިއަށް ނިކުމެ އެހީތެރިކަން ދީފައިވާކަން ފާހަގަކުރައްވާފައެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދީ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢުކޮށް ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި، އިންޑިޔާގެ ހެޔޮއެދުމާއި އެހީތެރިކަން ވަރަށް މުހިންމުކަމަށެވެ.
މި ސަރުކާރު އައިފަހުން ރާއްޖޭގެ އުމުރާނީ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމަކީ ވެސް އިންޑިޔާ އެެވެ. އެގޮތުން ބަޖެޓް ސަޕޯޓުގެ ގޮތުގައާއި ބޭރުފައިސާގެ ދަތިކަން ހައްލުކުރުމަށާއި ސަރުކާރުގެ ބޮޑެތި ބުރިހާ މަޝްރޫއުތަކަށް ދަރަންޏާ އެހީއާއި ލޯނު ދީފައިވަނީ އިންޑިއާއިންނެވެ.
އިންޑިޔާއާއި ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ރިޔާސީ ޤަރާރެއްވެސް ނެރުއްވާފައެވެ. ރައީސް ވަނީ އެ ހަރާކާތް ހުއްޓުވުމަށް ކަމާ ގުޅޭ މުވައްސަސާތަކަށް އަންގަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު