އެމްޑީޕީއަށް ރަނގަޅު ގޮތް ނިންމާނީ "މާ ގަދަ ވަކި އެކަކެއް ނޫން" ކަމަށް ކަމުގައި ވިދާޅުވެ ދުވާފަރު ދާއިރާގެމެންބަރު އިސްމާއިލް އަހުމަދު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވައިފިއެެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށް ވިދާޅުވެ އެމްޑީޕީން މި ސަރުކާރާ ފެއަށް ޖެހެން ރައީސް ނަޝީދު ރޭ ވަނީ އެދިވަޑައިގެންފައެެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ރޭ ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ.
އެކަމާ ގުޅިގެން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ އެމްޑީޕީ އޮންނާނެ ތަން ނިންމާނީވެސް ޕާޓީގެ އާއްމު މެންބަރުންގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީސްގެ އަގމޣުލަބިއްޔަތުން ކަމަށެވެ. އަދި އެމްޑީޕީއަށް ރަނގަޅު ގޮތް ނިންމާނީ "މާ ގަދަ ވަކި އެކަކެއް ނޫން" ކަމަށް ވިދާޅުވެ އިސްމާއިލް ވަނީ ނުސީދާކޮށް ރައީސް ނަޝީދަށް ރައްދުދެއްވާފައެވެ. އިއްސެ ވަނީ ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތައް ހުއްޓާލުމަށްވެސް ގޮވާލައްވާފައެވެ.
"ހަސަދައާ ނަފުރަތާ ބަދު ބަސްތަކުގެ ބުރަހެލިކަމުގެ މެދުން ނޫރާނީ މަލެއް ނުފޮޅޭނެ،" ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެ ކެމްޕޭން ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި ރައީސް ސާލިޙާއި ރައީސް ނަޝީދާއި ދެބޭފުޅުންނަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެެވެ. މި ވާދަވެރިކަމުގެ ތެރެއިން ފަހަކަށް އައިސް ސަރުކާރުން ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުން ވަކިވުމަށް ވެސް ރައީސް ނަޝީދު ރޭ ގޮވާލައްވާފައިވާއިރު މިއީ މިހާ ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރާއި ދެކޮޅަށް އެމަނިކުފާނު ނުކުންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު