ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގަލޮޅުން ބަވާލަންވީތޯއޭ ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހަށް ވަރަށް ޒާތީ ރަށްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެ ރައީސް ޞާލިހަށް މިފަދަ އިންޒާރެއް ދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް، ފާދިއްޕޮޅު ހިންނަވަރަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން އޭނާ އަށް "ބަވާ" ފައިވާ ކަމަށެވެ.

"ދެން އިބޫ (ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް) އަށް ގަލޮޅުން އެހެން ހަދަންވީތަ؟" ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިނަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްގެ ފަހުމީގެ ކެމްޕެއިނަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ހިންނަވަރަށް ވަޑައިގަތީ މިއަދުއެވެ. އީވާ އަކީ ރައީސް ނަޝީދަށް ބޮޑު ބޭބެ ވިދާޅުވާ ބޭފުޅެކެެވެ. ރައީސް ނަޝީދާއި އީވާ އަކީ ގަލޮޅު އަވަށައް ނިސްބަތްވާ ދެ ބޭފުޅުންނެވެ. އީވާގެ ބައްޕައާއި ރައީސް ޞާލިހަކީ ދެބެންގެ ދެދަރިންނެވެ.

މިދިޔަ ހަފްތާއިން ފެށިގެން ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕްގައި މެންބަރުން ގެންދަވަނީ ވަރަށް ޒާތީ ހޫނު ބަހުސްތަށް ކުރަމުންނެެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާ ބަދަލު ކުރަމުންދާއިރު ރައީސް ނަޝީދު ވަނީ އެމްޑީޕީ ސަރުކާރުން ވަކިވުމަށް ވެސް ރޭ ގޮވާލައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު


1

މުހައްމަދު

25-Apr-2022

ޢީވާ އަކީވެސް ނަޝީދު އާ ދެބެން ދެދަރި ބޭފުޅެއް.