މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ސައިކަލް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ކޯޓުގައި ބުނީ މޭޔަރު މުއިއްޒުގެ ސައިކަލު ވަގަށް ނަގަން މީހަކު އުޅުނީ އޭނާގެ ގެ މ. ދިމްޔާތު ގޭގެ ގަރާޖުގައި ސައިކަލު ބަހައްޓާފައި ހުއްޓައި ކަމަށެވެ. ގެސްޓްހައުސްއެއް ވެސް ހިންގަމުން އަންނަ އެ އިމާރާތަކީ މުއިއްޒު ދިރިއުޅުއްވާ އިމާރާތެވެ.
ފުލުހުން ބުނީ މުއިއްޒުގެ ސައިކަލް ވަގަށް ނަގަން އުޅޭ މަންޒަރު ފުލުހުންނަށް ފެނިގެން ހުއްޓުވީ އެ ގޭގެ ގަރާޖުން ސައިކަލު ދަމާފައި ނެރެނިކޮށް ކަމަށެވެ. އެއީ މުއިއްޒުގެ ސައިކަލު ކަމަށް ވެސް ފުލުހުން ކޯޓުގައި ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު