ގައުމީ ޝިޕިންގ ކުންފުނިން ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ގެންނަ ބޯޓު އަންނަ މެއި މަހުގެ މެދުތެރޭ ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ މިއީ ޤައުމީ ޝިޕިންގ ކުންފުނިން ގަތް ދެވަނަ ބޯޓު ކަމަށާއި، މި ބޯޓު ގެނެވުމާއެކު ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ސާމާނު ލިބުމުގައި ދިމާވާ ދަތިތައް ޙައްލުވެގެންދާނެ ކަމަށެވެ.

ކޮންސްޓަރަކްޝަން ސާމާނު އުފުލާ 190 މީޓަރުގެ މިބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓަށެވެ. މިއީ 43000 ޓަނުގެ ބަލްކު ކެރިއާއެކެވެ. މި ބޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އެގޮތުން ބޯޓުގައި މަސައްކަތްކުރާ 4 މުވައްޒަފުން ފިޔަވައި ދެން ތިބި ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންނެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. 2020ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ. ބާކީ އޮތް 0.01 އިންސައްތައަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން