ސިއްހީ ސަބަބުތަކަށްޓަކައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން މީގެފަހުން ބަންދުން ދޫނުކުރެވޭނެކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމީީ 130 ކިިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އެ މީހުން އަލުން ބަންދުކުރަން ކުރި ހުކުމުގައެވެ. 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ކަންނެލި ދޯންޏެއްގައި އެތެރެކުރި މަސްތުވާތަކެތީގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބް އިބްރާހިމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަހުމަދު މޫސާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ބޭސްފަރުވާއަށް ޓަކައެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ސިއްހީ ސަބަބުތަކަށްޓަކައި ބަންދުން ދޫނުކުރެވޭނެކަމަށް ހައި ކޯޓުން ނިންމާފައިވާއިރު، ދަށު ކޯޓުތަކުން މީގެކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ބައެއް މީހުން ވަނީ ސިއްހީ ސަބަބުތަކަށްޓަކައި އަދި ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާތަކާ ހެދި ގިނަ ބަޔަކު ބަންދުން ދޫކޮށްފައެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ބަންދު މުރާޖާ ކުރާއިރު ބަލަން ޖެހެނީ އެ މީހަކު ބަންދުގައި ބަހައްްޓަންޖެހޭ ސަބަބު ދެމިއޮތްތޯ އެކަނި ކަމަށެވެ. އަދި އެކަމުގައި ސިއްހީ ސަބަބުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ބުނާ ގާނޫނީ އުސޫލެއް ނެތް ކަމަށާއި ގާނޫނެއްގައި އެކަން ބަޔާން ނުކޮށް، އެ ބާރު ފަނޑިޔާރުންނަށް ދޫކޮޮށްލުމުން ހަމަހަމަކަން ގެއްލިދާނެކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން ޖަލުގައި ފަރުވާ ނުލިބޭކަމުގެ ޝަކުވާއެއް އޮތް ނަމަ އެކަމަށް ހައްލު ހޯދޭނީ ވަކި މަދަނީ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިގެނެވެ. އަދި އެގޮތަށް ބައެއް މައްސަލަތައް ކުރިއަށްގޮސްފައިވާކަންވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު