އެމްޑީޕީން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ނެރުނު މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ގަރާރެއް ނެރެގެން ފުއްދުމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ޝިޔާމް މިކަމަށް ގޮވާލެއްވީ ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ.

އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ސާލިޙު ނެރުއްވި ގަރާރާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރަކީ ޤަރާރު ސަރުކާރެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ގަރާރުތައް ނެރުއްވައިގެން ގާނޫނު ހައްދަވަމުން ގެންދަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަނީ ރައީސުލްޖުމްހޫރިއްޔާ ޤަރާރު ޤަރާރު ނެރެގެން." ޝިޔާމު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވަނީ ރައީސް ސާލިޙުގެ ގަރާރެެއް ނެރުއްވައި އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަށް ފުއްދުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ޝިޔާމް ވިދާޅުވީ އެއީ އިދިކޮޅުގެ އަޑު ކަނޑުވައިލުމަށްވުރެ މާ މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަކީ އަސާސީ ޙައްޤުތަކެއް ކަމުގައި ބަޔާންކުރީވެސް ޤާނޫނު އަސާސީން ކަމަށެވެ. އަސާސީ ޙައްޤުތައް ޤާނޫނަކުން ހިފެހެއްޓޭ ނަމަ، އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަޖިލީހުން ޤާނޫނު ހެދުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެކަން ކުރެއްވުން މާ ރަނގަޅުވާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


5

ގޮޅި

01-May-2022

ގަރާރެއް ނެރެގެން ކުރަންވީ ކަމަކީ ޔާމީނު އެކައުންޓަށް ލައިގެން އުޅޭ ރައްޔިތުންގެ ފައިސާތައް މާލިއްޔާއަށް ވެއްދުމެވެ.


-2

ހަގީގަތް

01-May-2022

ޟިޔާމުއައް އިނގިލައްވާތޯ ރާއްޖޭގެ ތާރީހުހަ އެންމެގިނަޕޮރޮޖެކްޓުތައް ހިނގަމުންދަނީ މިސަރުކާރުގަކަން.. ޔާމިނުގެ 5 އަހަރުގެ ދައުރުގަ ދުނިޔެ އާރޯކަންމަތީއޮވެމެ ކުރެވުނު ކަންކަމާ މިސަރުކާރުން ކޮވޮޑާއެއްކޮއް މި 3 އަހަރު ކުރެވުނު ކަންކަމާ އަޅާކިޔެންވެސް ނެތްހާގިނަ ކަންކަން ކުރެވިނިމި އަދި ކުރެވެމުންދާކަން.. އާންމު މެންބަރުންނައް ނޭނގުނަސް ޟިޔާމުއައް އިނގޭނެ 5 އަހަރުން ހެދުނީ ކިތައް ބަނދަރުތޯ، ކިތައްރަށުގެ ނަރުދަމާތޯ، ކިތައްރަށުގެ މަގުތައްތޯ، ދެންބަލާ މިސަރުކާރުގަ 3 އަހަރުން ހެދުނީ މިބުނިހެން ހުރިކަންކަން.. މޭކެރިޔަސް އިނގޭ މިސަރުކާރުގެ ސްޕީޑު މާ އަވަސްކަން.. ރައީސް އޮފީހުގެ ގެޒެޓުގަ ހުންނާނެ މިބުނި ހިސާބުތައް ތާރީޙާ އެއްކޮއް….